ދިވެހިރާއްޖެ
ފާލަންމަތީގައި އަމިއްލަ ފަރާތްތަކުން ބައެއް ތަކެތި ބަހައްޓާކަން ވަނީ މިކައުންސިލަށް ފާހަގަ ކުރެވިފައެވެ. އަދި އެތަކެތި ނެގުމަށްވާނީ މިކައުންސިލުން އަންގާފައެވެ. ނަމަވެސް އަދިވެސް ބައެއް ތަކެތި ނަގާފައިނުވާ ކަމަށާއި އަދި އިތުރަށްވެސް ތަކެތި ބަހައްޓާފައިވާތީ، މިހާރު ފާލަންމަތީގައި އަމިއްލަ ފަރާތްތަކުން ބަހައްޓާފައި ހުރި ތަކެތި 03 މޭ 2025 ވަނަ ދުވަހުގެ އިރުއޮއްސި 06:00 ގެ ކުރިން ނެންގެވުމަށް ދަންނަވަމެވެ. އަދި އޭގެފަހުން ނުނަގާ ހުންނަ ތަކެތި ނަގައި ނައްތާލެވެނޭކަމުގައި ދަންނަވަމެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލުން ފާހަގަ ކޮށް ޝުކުރު ދަންނަވަމެވެ.
ވީމާ، މިކަން އާއްމުކަން އަންގާ އިއުލާން ކުރަމެވެ.
03 ޒުލްޤައިދާ 1446
30 އޭޕްރީލް 2025