ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)257/257/2025/34
ޕަބްލިޝްކުރި ތާރީޚް: 30 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 14:30
ސުންގަޑި: 03 މޭ 2025 18:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފާލަން މަތީގައި ބަހައްޓާފައި ހުންނަ ތަކެތި ނެގުމާއި ގުޅޭ:

ފާލަންމަތީގައި އަމިއްލަ ފަރާތްތަކުން ބައެއް ތަކެތި ބަހައްޓާކަން ވަނީ މިކައުންސިލަށް ފާހަގަ ކުރެވިފައެވެ. އަދި އެތަކެތި ނެގުމަށްވާނީ މިކައުންސިލުން އަންގާފައެވެ. ނަމަވެސް އަދިވެސް ބައެއް ތަކެތި ނަގާފައިނުވާ ކަމަށާއި އަދި އިތުރަށްވެސް ތަކެތި ބަހައްޓާފައިވާތީ، މިހާރު ފާލަންމަތީގައި އަމިއްލަ ފަރާތްތަކުން ބަހައްޓާފައި ހުރި ތަކެތި  03 މޭ 2025 ވަނަ ދުވަހުގެ އިރުއޮއްސި 06:00 ގެ ކުރިން ނެންގެވުމަށް ދަންނަވަމެވެ. އަދި އޭގެފަހުން ނުނަގާ ހުންނަ ތަކެތި ނަގައި ނައްތާލެވެނޭކަމުގައި ދަންނަވަމެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލުން ފާހަގަ ކޮށް ޝުކުރު ދަންނަވަމެވެ.

ވީމާ، މިކަން އާއްމުކަން އަންގާ އިއުލާން ކުރަމެވެ.  

 

                              03 ޒުލްޤައިދާ 1446

                              30  އޭޕްރީލް 2025

                                              

30 އެޕްރީލް 2025