މަޤާމް
|
ސެކިއުރިޓީ އެންޑް ސަޕޯޓް ސްޓާފް
|
މަޤާމުގެ ރޭންކް
|
L11 - H1
|
ބޭނުންވާ ޢަދަދު:
|
01
|
ވަޒީފާ އަދާ ކުރަންޖެހޭ ތަން
|
ޕަބްލިކް ސަރވިސް މީޑިއާ، މާލެ
|
ޑިޕާޓްމަންޓް:
|
ކޯޕަރޭޓް ސަރވިސް
|
ވަޒީފާގެ ބާވަތް
|
01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އެއްބަސްވުން އާ ކުރެވޭނެއެވެ. 2 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ.)
|
ރަސްމީ މަސައްކަތު ގަޑި
|
ހަފްތާއަކު 06 ދުވަހު – ޝިފްޓް އުސޫލުން 8 ގަޑިއިރު
|
އަސާސީ މުސާރަ
|
-/4,500 ރުފިޔާ
|
ސަރވިސް އެލަވަންސް
|
-/2,500 ރުފިޔާ
|
އެހެނިހެން އެލަވަންސްތައް:
|
- އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
- ޓެކްނިކަލްކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.
(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓް ކޯ އެލަވަންސްގެ ގޮތުގައިކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).
- ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
- އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
- ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
- ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.
|
މަޤާމުގެ ޝަރުތު:
|
- ލިޔަންކިޔަން ދަތުމާއިއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން؛ ނުވަތަ
- މަސައްކަތާ ގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ. އަދި މަސައްކަތްކުރެވޭފަދަ ސިއްހަތެއްގައިވާ ފަރާތަކަށް ވާންވާނެއެވެ.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- ކުންފުނީގެ މެއިންޓަނަންސް އެންމެހާ މަސައްކަތްތައް ކުރުމާއި އަދި އަމިއްލައަށް ފެނިގެން ކުރުން؛
- ކުންފުނީގެ ޢިމާރާތްތަކާއި ސްޓޫޑިއޯފަދަ ތަންތަން ފޮޅާ ސާފުކޮށް ބެލެހއްޓުމާއި ޢިމާރާތްތަކުގެ އެތެރެއާއި ގޯތިތެރެ ކުނިކަހައި ސާފުކުރުން؛
- ފާޚާނާތައް ސާފުކުރުމާއި އެތަންތަނުގެ މެއިންޓަނަންސް މަސައްކަތްތައް ރިޕޯޓްކޮށް، އަންގާގޮތެއްގެ މަތިން މަރާމާތުކޮށް ބެލެހެއްޓުން؛
- ބައްދަލުވުންތަކުގެ ހޯލާއި ސްޓޫޑިއޯފަދަ ތަންތަން ތައްޔާރުކުރުމާއި އެކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން؛
- އުކާލަންޖެހޭ ކުނި އުކާލުމުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުން؛
- އެއްތަނުން އަނެއް ތަނަން ބަރު ތަކެތި އުފުލާ ގެންގޮސް ހެދުން؛
- އުސްތަންތަނަށް އަރަން ޖެހިއްޖެ ހާލަތުގައި އެރުމާއި ފުރާޅުފަދަ ތަންތަން ސާފުކޮށް ބެލެހެއްޓުން؛
- ގޯތިތެރެ ޒީނަތްތެރިކުރުމުގެގޮތުން ގަސް އިންދާ ހެއްދުމުގެ މަސައްކަތްކުރުން؛
- އެކިއެކި ހަފްލާތަކަށް ޢިމާރާތާއި ގޯތިތެރެ ޒީނަތްތެރިކުރުމުގެ މަސައްކަތް ކުރުން؛
- ރަށުން ބޭރުގައި މަސައްކަތްކުރަން ޖެހިއްޖެ ހާލަތުގައި ރަށުން ބޭރުގައި މަސައްކަތްކުރުން؛
- ޢިމާރާތުގެ ސެކިއުރިޓީ ބެލެހެއްޓުމާއި، މައި ދޮރުތައް ހުޅުވުމާއި ލެއްޕުމާއި އަދި އިމާރާތް ބަލަހައްޓާ ޗެކް ކުރަމުން ގެންދިއުން؛
- އޮފީހުގެ އުޅަނދުތައް ދުއްވުމާއި، މުވައްޒަފުންނާއި ލިޔެކިޔުންތަކާއި ތަކެތި ރައްކާތެރިކަމާއެކު އެއްތަނުން އަނެއްތަނަށް ގެންދިއުން.
- ރައްކާތެރިކަން ގެއްލިދާފަދަ މައްސަލަތަކާއި، ނުވަތަ ސަލާމަތީ ކަންބޮޑުވުންތައް ކަމާބެހޭ ސުޕަވައިޒަރަށް ރިޕޯޓްކުރުން.
- ކުންފުނީގެ މުވައްޒަފުން ބައިވެރިވާންޖެހޭ ކަންކަމުގައި ބައިވެރިވުމާއި އެކަމުގައި އެއްބާރުލުން ދިނުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ތަޢުލީމީ ސެޓުފިކެޓެއް ލިބިފައިވާނަމަ އެޓެސްޓް ކުރެވިފައިވާ ސެޓްފިކެޓްގެ ކޮޕީ؛
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ޕޮލިސް ރިޕޯޓް (4 މަސް ނުވާ)
|
ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން:
|
- މަޤާމުގެ ޝަރުތުތަކާ އެއްގޮތަށް، ހުށަހަޅާފައިވާ ލިޔެކިއުންތަކަށް ބަލާ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އެފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.
- މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓު ހުރިނަމަ އެ ސެޓްފިކެޓާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލާ، އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.
|
ސުންގަޑި
|
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 04 މެއި 2025 ވަނަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.
|
އިތުރު މަޢްލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް 3000207، 3000284 އާއި ގުޅުއްވުން އެދެމެވެ.
|