ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HR/PSM/2025/92
ޕަބްލިޝްކުރި ތާރީޚް: 29 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 13:57
ސުންގަޑި: 04 މޭ 2025 13:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ސެކިއުރިޓީ އެންޑް ސަޕޯޓް ސްޓާފް

މަޤާމް

ސެކިއުރިޓީ އެންޑް ސަޕޯޓް ސްޓާފް

މަޤާމުގެ ރޭންކް

L11 - H1

ބޭނުންވާ ޢަދަދު:

01

ވަޒީފާ އަދާ ކުރަންޖެހޭ ތަން

ޕަބްލިކް ސަރވިސް މީޑިއާ، މާލެ

ޑިޕާޓްމަންޓް:

ކޯޕަރޭޓް ސަރވިސް

ވަޒީފާގެ ބާވަތް

01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އެއްބަސްވުން އާ ކުރެވޭނެއެވެ. 2 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ.)

ރަސްމީ މަސައްކަތު ގަޑި

ހަފްތާއަކު 06 ދުވަހު – ޝިފްޓް އުސޫލުން 8 ގަޑިއިރު

އަސާސީ މުސާރަ

-/4,500 ރުފިޔާ

ސަރވިސް އެލަވަންސް

-/2,500 ރުފިޔާ

އެހެނިހެން އެލަވަންސްތައް:

  • އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
  • ޓެކްނިކަލްކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.

(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓް ކޯ އެލަވަންސްގެ ގޮތުގައިކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).

  • ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
  • އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
  • ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
  • ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.

މަޤާމުގެ ޝަރުތު:

  • ލިޔަންކިޔަން ދަތުމާއިއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން؛ ނުވަތަ
  • މަސައްކަތާ ގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ. އަދި މަސައްކަތްކުރެވޭފަދަ ސިއްހަތެއްގައިވާ ފަރާތަކަށް ވާންވާނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ކުންފުނީގެ މެއިންޓަނަންސް އެންމެހާ މަސައްކަތްތައް ކުރުމާއި އަދި އަމިއްލައަށް ފެނިގެން ކުރުން؛
  • ކުންފުނީގެ ޢިމާރާތްތަކާއި ސްޓޫޑިއޯފަދަ ތަންތަން ފޮޅާ ސާފުކޮށް ބެލެހއްޓުމާއި ޢިމާރާތްތަކުގެ އެތެރެއާއި ގޯތިތެރެ ކުނިކަހައި ސާފުކުރުން؛
  • ފާޚާނާތައް ސާފުކުރުމާއި އެތަންތަނުގެ މެއިންޓަނަންސް މަސައްކަތްތައް ރިޕޯޓްކޮށް، އަންގާގޮތެއްގެ މަތިން މަރާމާތުކޮށް ބެލެހެއްޓުން؛
  • ބައްދަލުވުންތަކުގެ ހޯލާއި ސްޓޫޑިއޯފަދަ ތަންތަން ތައްޔާރުކުރުމާއި އެކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން؛
  • އުކާލަންޖެހޭ ކުނި އުކާލުމުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުން؛
  • އެއްތަނުން އަނެއް ތަނަން ބަރު ތަކެތި އުފުލާ ގެންގޮސް ހެދުން؛
  • އުސްތަންތަނަށް އަރަން ޖެހިއްޖެ ހާލަތުގައި އެރުމާއި ފުރާޅުފަދަ ތަންތަން ސާފުކޮށް ބެލެހެއްޓުން؛
  • ގޯތިތެރެ ޒީނަތްތެރިކުރުމުގެގޮތުން ގަސް އިންދާ ހެއްދުމުގެ މަސައްކަތްކުރުން؛
  • އެކިއެކި ހަފްލާތަކަށް ޢިމާރާތާއި ގޯތިތެރެ ޒީނަތްތެރިކުރުމުގެ މަސައްކަތް ކުރުން؛
  • ރަށުން ބޭރުގައި މަސައްކަތްކުރަން ޖެހިއްޖެ ހާލަތުގައި ރަށުން ބޭރުގައި މަސައްކަތްކުރުން؛
  • ޢިމާރާތުގެ ސެކިއުރިޓީ ބެލެހެއްޓުމާއި، މައި ދޮރުތައް ހުޅުވުމާއި ލެއްޕުމާއި އަދި އިމާރާތް ބަލަހައްޓާ ޗެކް ކުރަމުން ގެންދިއުން؛
  • އޮފީހުގެ އުޅަނދުތައް ދުއްވުމާއި، މުވައްޒަފުންނާއި ލިޔެކިޔުންތަކާއި ތަކެތި ރައްކާތެރިކަމާއެކު އެއްތަނުން އަނެއްތަނަށް ގެންދިއުން.
  • ރައްކާތެރިކަން ގެއްލިދާފަދަ މައްސަލަތަކާއި، ނުވަތަ ސަލާމަތީ ކަންބޮޑުވުންތައް ކަމާބެހޭ ސުޕަވައިޒަރަށް ރިޕޯޓްކުރުން.
  • ކުންފުނީގެ މުވައްޒަފުން ބައިވެރިވާންޖެހޭ ކަންކަމުގައި ބައިވެރިވުމާއި އެކަމުގައި އެއްބާރުލުން ދިނުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ތަޢުލީމީ ސެޓުފިކެޓެއް ލިބިފައިވާނަމަ އެޓެސްޓް ކުރެވިފައިވާ ސެޓްފިކެޓްގެ ކޮޕީ؛
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ޕޮލިސް ރިޕޯޓް (4 މަސް ނުވާ)

ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން:

  • މަޤާމުގެ ޝަރުތުތަކާ އެއްގޮތަށް، ހުށަހަޅާފައިވާ ލިޔެކިއުންތަކަށް ބަލާ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އެފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓު ހުރިނަމަ އެ ސެޓްފިކެޓާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލާ، އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 04 މެއި 2025 ވަނަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000207، 3000284 އާއި ގުޅުއްވުން އެދެމެވެ.

29 އެޕްރީލް 2025