ދިވެހިރާއްޖެ
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ޞިއްޙީ ވުޒާރާ
މާލެ،
ދިވެހިރާއްޖެ
(IUL)182-REG/23/2025/3 : ނަންބަރު
އިޢުލާން
އިންޑިއާގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ MAXHEAL PHARMACEUTICALS (India) Limited އިން އުފައްދާފައިވާ އެންޓިބަޔޮޓިކެއް ކަމަށްވާAmoxicillin (Healmoxy) ކެޕްސޫލް ގެ ފޯލްސިފައިޑް 4 ބެޗެއް، ކެމަރޫންގެ އިތުރުން ސެންޓްރަލް އެފްރިކަން ރިޕަބްލިކްގައި ދައުރު ވަމުންދާ ކަމަށް WHO ގެ އެލާޓް ނަންބަރު RPQ/REG/ISF/Alert No2/2025 އިން ވަނީ އެލާޓް ކުރައްވާފައެވެ.
WHOގެ މިއެލާޓާއި ގުޅިގެން ބެލިބެލުމުން، މިބޭހުގެ އެއްވެސް ބެޗެއް، ބޭސް އިމްޕޯޓްކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން، ރާއްޖެ އިމްޕޯޓްކޮށްފައި ނުވާކަން ވަނީ ޔަގީންކުރެވިފައެވެ.
ނަމަވެސް، އިންޑިއާ އަކީ ގިނަ އަދަދެއްގެ ދިވެހީން ބޭސް ފަރުވާއަށް ގޮސް އުޅޭ ގައުމަކަށްވެފައި، ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް އިންޑިއާ އިން ބޭސް އެތެރެކުރާތީ، މިކަމަށް ސަމާލުވުމަށް ދަންނަވަމެވެ.
އަދި މިކަމާއި ގުޅޭ އިތުރު މައުލޫމާތު ބޭނުންވާނަމަ މިއޮތޯރިޓީގެ ހޮޓްލައިން ނަންބަރ: 7200321 އަށް ގުޅުއްވުން އެދެމެވެ.
Healmoxy Capsules 500mg | Product Name | |||
Maxheal Pharmaceuticals (India) Limited | Stated Manufacturer | |||
H026051 | H02605 | 023011 | 023011 | Batch |
01.26 | 02.27 | 10.01.2027 | 8.07.2025 | Expiry date |
އިތުރު މައުލޫމާތު ބޭނުންވެލައްވާ ނަމަ، މެޑިސިން އެންޑް ތެރަޕިއުޓިކް ގުޑްސް ޑިވިޜަންގެ ހޮޓްލައިން ނަންބަރ: 7200321 އަށް ގުޅުއްވާ މައުލޫމާތު ސާފުކުރެއްވުމަށް ދެންނެވީމެވެ.