ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)182-REG/23/2025/3
ޕަބްލިޝްކުރި ތާރީޚް: 29 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 13:09
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
MAXHEAL PHARMACEUTICALS (India) Limited އިން އުފައްދާފައިވާ އެންޓިބަޔޮޓިކެއް ކަމަށްވާAmoxicillin (Healmoxy) ކެޕްސޫލް ގެ ފޯލްސިފައިޑް 4 ބެޗެކާއި ގުޅޭ

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

ޞިއްޙީ ވުޒާރާ

މާލެ،  

ދިވެހިރާއްޖެ

 (IUL)182-REG/23/2025/3 : ނަންބަރު 

  

އިޢުލާން

                                       

އިންޑިއާގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ MAXHEAL PHARMACEUTICALS (India) Limited  އިން އުފައްދާފައިވާ އެންޓިބަޔޮޓިކެއް ކަމަށްވާAmoxicillin (Healmoxy)  ކެޕްސޫލް ގެ ފޯލްސިފައިޑް 4 ބެޗެއް، ކެމަރޫންގެ އިތުރުން ސެންޓްރަލް އެފްރިކަން ރިޕަބްލިކްގައި ދައުރު ވަމުންދާ ކަމަށް WHO ގެ އެލާޓް ނަންބަރު RPQ/REG/ISF/Alert No2/2025 އިން ވަނީ އެލާޓް ކުރައްވާފައެވެ. 

 WHOގެ މިއެލާޓާއި ގުޅިގެން ބެލިބެލުމުން، މިބޭހުގެ އެއްވެސް ބެޗެއް، ބޭސް އިމްޕޯޓްކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން، ރާއްޖެ އިމްޕޯޓްކޮށްފައި ނުވާކަން ވަނީ ޔަގީންކުރެވިފައެވެ.

 ނަމަވެސް، އިންޑިއާ އަކީ ގިނަ އަދަދެއްގެ ދިވެހީން ބޭސް ފަރުވާއަށް ގޮސް އުޅޭ ގައުމަކަށްވެފައި، ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް އިންޑިއާ އިން ބޭސް އެތެރެކުރާތީ، މިކަމަށް ސަމާލުވުމަށް ދަންނަވަމެވެ.

 އަދި މިކަމާއި ގުޅޭ އިތުރު މައުލޫމާތު ބޭނުންވާނަމަ މިއޮތޯރިޓީގެ ހޮޓްލައިން ނަންބަރ: 7200321 އަށް ގުޅުއްވުން އެދެމެވެ. 

 

Healmoxy Capsules 500mg Product Name
Maxheal Pharmaceuticals (India) Limited Stated Manufacturer
H026051 H02605 023011 023011 Batch
01.26 02.27 10.01.2027 8.07.2025 Expiry date

އިތުރު މައުލޫމާތު ބޭނުންވެލައްވާ ނަމަ، މެޑިސިން އެންޑް ތެރަޕިއުޓިކް ގުޑްސް ޑިވިޜަންގެ ހޮޓްލައިން ނަންބަރ: 7200321 އަށް ގުޅުއްވާ މައުލޫމާތު ސާފުކުރެއްވުމަށް ދެންނެވީމެވެ.    

29 އެޕްރީލް 2025