މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ކާފް ސްކޮލަރޝިޕް" އަށް ހުޅުވާލުމާގުޅޭ

މިކައުންސިލްގެ 2025 ވަނަ އަހަރުގެ 4 ވަނަ ދައުރުގެ 03 ވަނަ އާއްމު ބައްދަލުވުމުން ފާސްކޮށްގެން އަހަރަކު އެއްފަހަރު މިއަތޮޅަށް ނިސްބަތްވާ ދަރިވަރުންނަށް އަމާޒުކޮށްގެން ދިނުމަށް ހަމަޖެހިފައިވާ "ކާފު ސްކޮލަޝިޕް" އަށް ދަރިވަރުން ކުރިމަތިލުމަށް ހުޅުވާލަމެވެ.

މިގޮތުން މިސްކޮލަރޝިޕްގެ ދަށުން ދަރިވަރުން ހޮވުމަށް ހަމަޖެހިފައިވަނީ " މާލެއަތޮޅު އަތޮޅު ކައުންސިލުން މަތީ ތަޢުލީމްގެ ފުރުސަތު ދިނުމަށް ހުޅުވާލެވޭ "ކާފް ސްކޮލަރޝިޕް" އުޞޫލު" (PP)232-CB/232/2025/1 ގެ ދަށުންނެވެ.

2025 ވަނަ އަހަރަށް ކަނޑައެޅިފައިވާ މި ސްކޮލަރޝިޕްގެ މުހިއްމު މައުލޫމާތުތަކާއި، ޝަރުތުތައް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.

 

ކޯހުގެ ލެވެލް :

ބެޗްލަރސް ޑިގްރީ

ފުރުސަތު:

2

ސްކޮލަޝިޕަށް މިއަހަރު ހުޅުވާލެވޭ ދާއިރާތައް:

އާކިޓެކްޗަރ

މެޑިސިން

ސައިކޮލޮޖީ

އަ.އި.ޓީ

މަލްޓި މީޑިއާ

ސިވިލް އިންޖިނިއަރިންގ

އެޑިއުކޭޝަން އެޑްމިނިސްޓްރޭޝަން

ސްކޮލަޝިޕްގެ ކަވަރޭޖް

-          މި ކައުންސިލާއި އެފިލިއޭޓް ވެފައިވާ ޔުނިވަރސިޓީ/ކޮލެޖަކުންނަމަ ފުލީ ފަންޑެޑް

-          އެހެން ޔުނިވަރސިޓީ/ކޮލެޖަކުންނަމަ ޕާރޓްލީ ފަންޑެޑް

-          ޕޮކެޓްމަނީ

(ފުލީފަންޑެޑް އަދި ޕާޓްލީފަންޑެޑްގެ ސްކޮލަޝިޕްގެ ތަފްސީލް އުސޫލްގައި ވާނެއެވެ.)

ކައުންސިލާއި އެފްލިއޭޓް ވެފައިވާ ޔުނިވަރސިޓީތައް:

  • ޔޫ.ސީ.އެމް.އައި ޔުނިވަރސިޓީ (UCMI)، މެލޭޝިއާ
  • މަލްޓި މީޑިއާ ޔުނިވަރސިޓީ (MMU) ، މެލޭޝިއާ

ސްކޮލަޝިޕްގެ  ޝަރުތުތައް

  • މާލެއަތޮޅުގެ ރަށަކަށް ރަށްވެހިވެފައިވާތާ 5 (ފަހެއް) އަހަރު ވެފައިވާ ފަރާތަކަށްވުން.
  • އުމުރުން 17- 35އަހަރާއި ދެމެދު ފަރާތަކަށްވުން
  • ސްކޮލަރޝިޕަށް އެދޭ ފަރާތަކީ ކުރިމަތިލާ ކޯހާއި އެއްފެންވަރެއްގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ކޯހެއް މީގެކުރިން ފުރިހަމަކޮށްފައިވާ ނުވަތަ ފުރިހަމަ ކުރަމުންދާ ފަރާތަކަށްނުވުން އަދި ކުރިމަތިލާ ކޯހާއި އެއްފެންވަރެއްގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ކޯހަކަށް ސަރުކާރުގެ ނުވަތަ އަމިއްލަ ފަރާތަކުން ދޭ ސްކޮލަޝިޕެއް ލިބިފައިވާ ފަރާތެއްކަމުގައި ނުވުން.
  • ކުށުގެ ރެކޯޑެއް ނުވަތަ ކުށެއް ތަންފީޒުކޮށްފައިވާ ފަރާތަކަށް ނުވުން 
  • ހުށައަޅާ ކޯހަށް އަލަށް ކިޔަވަންފަށާ ފަރާތެއްކަމުގައިވުން.

 

ކޯހާއި ގުޅޭ ޝަރުތު

  • ހުށައަޅާ ކޯހުގައި ބަޔާންކުރާ ޝަރުތުތައް ހަމަވެފައިވާ ފަރާތެއް ކަމުގައިވުން.

 

ހުށަހަޅަންޖެހޭ ތަކެތި:

ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއެކު ހަށަހަޅަންޖެހޭ ތަކެތި:

  1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ރާއްޖެއިން ބޭރުގެ ސެޓްފިކެޓެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން (އެމް.ކިއު.އޭ) އިން ވެލިޑޭޓްކޮށްފައި).
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީ
  3. ސީވީ
  4. ޕޮލިސް ރިޕޯޓް
  5. އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓްތަކުގެ ކޮޕީ
  6. 6 މަސް ނުވާ ޕާސްޕޯޓް ސައިޒް ފޮޓޯއެއް
  7. ހުށައަޅާކޯހުގެ ފީތައް އަންގައިދޭކަމުގެ ލިޔުމެއް
  8. ކޯހާއި ގުޅޭގޮތުން ޔުނިވަރސިޓީގެ ވެބްސައިޓުގައި އަޕްލޯޑުކުރެވިފައިވާ އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ހަމަވާކަން ސާބިތުކޮށް ދިނުމަށްޓަކައި، އެއާގުޅޭ ލިޔުން.
  9. ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ކަމުގެ ލިޔުމެއް.
  10. މިހާރު ހާސިލް ކޮށްފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރިފަހުން ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް، ރަސްމީ ލިޔުމެއް ނުލިބިއްޖެނަމަ ސަބަބާއި މުއްދަތު އެނގޭނެ ކެންޑިޑޭޓްގެ ލިޔުމެއް

 

އިތުރު މަޢުލޫމާތު:

-          މި ސްކޮލަރޝިޕަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުން މި ކައުންސިލުން ނޮމިނޭޓްކޮށް އުސޫލުގައިވާ ގޮތަށް އިވެލުއޭޓް ކުރާނެއެވެ. އަދި ފައިނަލް ސެލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ ހެދޭ އިވެލުއޭޝަނަށް ބިނާކޮށް ކައުންސިލުން ކަނޑައަޅާފައިވާ އިވެލުއޭޝަން ކޮމެޓީންނެވެ.

-          މި ސްކޮލަރޝިޕްގެ އެޕްލިކޭޝަން ފޯމާއި، އުޞޫލު އަދި ޕޮއިންޓް ދެވޭނެ ގޮތުގެ ތަފްސީލް – "އެނެކްސް 1" މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ. 

-          އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6644234 އަށެވެ.

 

ޕްލޭސްމަންޓް ހޯދުން

މި ކައުންސިލާއި އެފްލިއޭޓް ވެފައިވާ ޔުނިވަރސިޓީ/ކޮލެޖަކުންނަމަ މިކައުންސިލުން ޕްލޭސްމަންޓް ހޯދުމުގައި އެހީތެރިވެދެވޭނެއެވެ.

ސްކޮލަޝިޕް ލިބޭ ދަރިވަރުން އުސޫލްގައި ބަޔާންކުރާ ގޮތަށް ޕްލޭސްމަންޓް ހޯދާ މިކައުންސިލަށް ހުށައަޅަންވާނެއެވެ.

 

ސްކޮލަޝިޕަށް އެދެންވީގޮތާއި ސުންގަޑި:

ސްކޮލަޝިޕަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 މެއި 2025 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން، މާލެއަތޮޅު އަތޮޅު ކައުންސިލް އިދާރާ އަށެވެ. ސްކޮލަޝިޕަށް އެދޭ ފޯމާއި ލިޔުންތައް މިއިދާރާގެ އީ-މެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

 

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ފޯމު ބަލައިގަނެވޭނެއެވެ.

 

21 އެޕްރީލް 2025
ހޯދާ