ދިވެހިރާއްޖެ
މިކައުންސިލްގެ 2025 ވަނަ އަހަރުގެ 4 ވަނަ ދައުރުގެ 03 ވަނަ އާއްމު ބައްދަލުވުމުން ފާސްކޮށްގެން އަހަރަކު އެއްފަހަރު މިއަތޮޅަށް ނިސްބަތްވާ ދަރިވަރުންނަށް އަމާޒުކޮށްގެން ދިނުމަށް ހަމަޖެހިފައިވާ "ކާފު ސްކޮލަޝިޕް" އަށް ދަރިވަރުން ކުރިމަތިލުމަށް ހުޅުވާލަމެވެ.
މިގޮތުން މިސްކޮލަރޝިޕްގެ ދަށުން ދަރިވަރުން ހޮވުމަށް ހަމަޖެހިފައިވަނީ " މާލެއަތޮޅު އަތޮޅު ކައުންސިލުން މަތީ ތަޢުލީމްގެ ފުރުސަތު ދިނުމަށް ހުޅުވާލެވޭ "ކާފް ސްކޮލަރޝިޕް" އުޞޫލު" (PP)232-CB/232/2025/1 ގެ ދަށުންނެވެ.
2025 ވަނަ އަހަރަށް ކަނޑައެޅިފައިވާ މި ސްކޮލަރޝިޕްގެ މުހިއްމު މައުލޫމާތުތަކާއި، ޝަރުތުތައް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.
ކޯހުގެ ލެވެލް : |
ބެޗްލަރސް ޑިގްރީ |
ފުރުސަތު: |
2 |
ސްކޮލަޝިޕަށް މިއަހަރު ހުޅުވާލެވޭ ދާއިރާތައް: |
އާކިޓެކްޗަރ މެޑިސިން ސައިކޮލޮޖީ އަ.އި.ޓީ މަލްޓި މީޑިއާ ސިވިލް އިންޖިނިއަރިންގ އެޑިއުކޭޝަން އެޑްމިނިސްޓްރޭޝަން |
||
ސްކޮލަޝިޕްގެ ކަވަރޭޖް |
- މި ކައުންސިލާއި އެފިލިއޭޓް ވެފައިވާ ޔުނިވަރސިޓީ/ކޮލެޖަކުންނަމަ ފުލީ ފަންޑެޑް - އެހެން ޔުނިވަރސިޓީ/ކޮލެޖަކުންނަމަ ޕާރޓްލީ ފަންޑެޑް - ޕޮކެޓްމަނީ (ފުލީފަންޑެޑް އަދި ޕާޓްލީފަންޑެޑްގެ ސްކޮލަޝިޕްގެ ތަފްސީލް އުސޫލްގައި ވާނެއެވެ.) |
||
ކައުންސިލާއި އެފްލިއޭޓް ވެފައިވާ ޔުނިވަރސިޓީތައް: |
|
||
ސްކޮލަޝިޕްގެ ޝަރުތުތައް |
ކޯހާއި ގުޅޭ ޝަރުތު
|
||
ހުށަހަޅަންޖެހޭ ތަކެތި: |
ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއެކު ހަށަހަޅަންޖެހޭ ތަކެތި:
|
||
އިތުރު މަޢުލޫމާތު: |
- މި ސްކޮލަރޝިޕަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުން މި ކައުންސިލުން ނޮމިނޭޓްކޮށް އުސޫލުގައިވާ ގޮތަށް އިވެލުއޭޓް ކުރާނެއެވެ. އަދި ފައިނަލް ސެލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ ހެދޭ އިވެލުއޭޝަނަށް ބިނާކޮށް ކައުންސިލުން ކަނޑައަޅާފައިވާ އިވެލުއޭޝަން ކޮމެޓީންނެވެ. - މި ސްކޮލަރޝިޕްގެ އެޕްލިކޭޝަން ފޯމާއި، އުޞޫލު އަދި ޕޮއިންޓް ދެވޭނެ ގޮތުގެ ތަފްސީލް – "އެނެކްސް 1" މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ. - އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6644234 އަށެވެ.
|
||
ޕްލޭސްމަންޓް ހޯދުން |
މި ކައުންސިލާއި އެފްލިއޭޓް ވެފައިވާ ޔުނިވަރސިޓީ/ކޮލެޖަކުންނަމަ މިކައުންސިލުން ޕްލޭސްމަންޓް ހޯދުމުގައި އެހީތެރިވެދެވޭނެއެވެ. ސްކޮލަޝިޕް ލިބޭ ދަރިވަރުން އުސޫލްގައި ބަޔާންކުރާ ގޮތަށް ޕްލޭސްމަންޓް ހޯދާ މިކައުންސިލަށް ހުށައަޅަންވާނެއެވެ.
|
||
ސްކޮލަޝިޕަށް އެދެންވީގޮތާއި ސުންގަޑި: |
ސްކޮލަޝިޕަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 މެއި 2025 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން، މާލެއަތޮޅު އަތޮޅު ކައުންސިލް އިދާރާ އަށެވެ. ސްކޮލަޝިޕަށް އެދޭ ފޯމާއި ލިޔުންތައް މިއިދާރާގެ އީ-މެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ފޯމު ބަލައިގަނެވޭނެއެވެ.
|