ދިވެހިރާއްޖެ
FSM-ADV-/2025/050
މުވައްޒަފުން ބޭނުންވެއްޖެ
ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
މަޤާމް: |
މެނޭޖަރ، ސޭލްސް |
ޑިޕާޓްމަންޓް/ސެކްސަން: |
ސޭލްސް |
ބޭނުންވާ އަދަދު: |
01 |
މަސްޢޫލިއްޔަތު: |
- ސޭލްސް އެންޑް މާކެޓިންގ ޑިޕާޓްމަންޓްގައި ދުވަހުން ދުވަހަށް ކުރަމުން ގެންދާ މަސައްކަތްތައް ހިންގާ ބަލަހައްޓައި އެކަންކަން ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން - ކަސްޓަމަރުންނާ މުއާމަލާތް ކުރުން - ސޭލްސް ސްޓްރެޓެޖީތައް އެކުލަވާލުމާއި، އަދި ސޭލްސް ޑޭޓާ ތަޙުލީލުކުރުމާއި، ސެކްޝަންގެ މަސައްކަތްތައް ޕްލޭންކުރުން. - ކުންފުނީގެ ޕޮލިސީ އެންޑް ޕްރޮސީޖަރސް އާއި އެއްގޮތަށް ޑިޕާޓްމަންޓް ޓާސްކް އެލައިންކުރުން - ރިޕޯޓް ހެދުމާއި، ވިއްކުމުގެ ޓްރެންޑްތަކާއި ނަތީޖާތައް ތަޙުލީލުކުރުން - ޑިޕާޓްމަންޓް އެޗް.އޯ.ޑީ އަދި މެނޭޖްމަންޓުން ހަވާލުކުރާ އެހެނިހެން މަސައްކަތްތައް - ކުންފުނީގެ ކަސްޓަމަރ ބޭސް ފުޅާކުރާ ސްޓްރެޓެޖިކް ސޭލްސް ޕްލޭނެއް ފަރުމާކޮށް ތަންފީޒުކުރުން. - ބަޖެޓް އަދި ކޭ.ޕީ.އައި ތައްޔާރުކުރުން |
ޝަރުތުތައް: |
- މަސައްކަތާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން - މެނޭޖީރިއަލް މަޤާމެއްގައި 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން - ފަރިތަކަމާއި އެކު ދިވެހި އަދި އިނގިރޭސި ބަހުން މުޢާމަލާތް ކުރުމާއި ލިޔުމުގެ ހުނަރު ހުރުން - އިންޓަރޕާސަނަލް އަދި ކޮމިއުނިކޭޝަން ސްކިލްސް ވަރުގަދަ، ޓީމެއް ލީޑް ކުރުމުގެ ޤާބިލުކަން ހުރުން - ފައިނޭންޝަލް މޮޑިއުލް އެސް.އޭ.ޕީ ބޭނުންކުރުމުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެ. |
ވަޒީފާގެ ބާވަތް: |
ކޮންޓްރެކްޓް |
މަސައްކަތަށް ނިކުންނަން ޖެހޭ ތަން: |
ހެޑް އޮފީސް |
ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 19 އޭޕްރިލް 2025 ވާ ހޮނިހިރު ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ.
އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421/3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.
15 އޭޕްރިލް 2025