ވަޒީފާގެ ފުރުޞަތު
ނަންބަރު: FSM-ADV-/2025/050
ޕަބްލިޝްކުރި ތާރީޚް: 15 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 19:04
ސުންގަޑި: 19 އެޕްރީލް 2025 14:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

 

FSM-ADV-/2025/050

މުވައްޒަފުން ބޭނުންވެއްޖެ

 

ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

 

މަޤާމް:

މެނޭޖަރ، ސޭލްސް

ޑިޕާޓްމަންޓް/ސެކްސަން:

ސޭލްސް

ބޭނުންވާ އަދަދު:

01

މަސްޢޫލިއްޔަތު:

-        ސޭލްސް އެންޑް މާކެޓިންގ ޑިޕާޓްމަންޓްގައި ދުވަހުން ދުވަހަށް ކުރަމުން ގެންދާ މަސައްކަތްތައް ހިންގާ ބަލަހައްޓައި އެކަންކަން ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން

-        ކަސްޓަމަރުންނާ މުއާމަލާތް ކުރުން

-        ސޭލްސް ސްޓްރެޓެޖީތައް އެކުލަވާލުމާއި، އަދި ސޭލްސް ޑޭޓާ ތަޙުލީލުކުރުމާއި، ސެކްޝަންގެ މަސައްކަތްތައް ޕްލޭންކުރުން.

-        ކުންފުނީގެ ޕޮލިސީ އެންޑް ޕްރޮސީޖަރސް އާއި އެއްގޮތަށް ޑިޕާޓްމަންޓް ޓާސްކް އެލައިންކުރުން

-        ރިޕޯޓް ހެދުމާއި، ވިއްކުމުގެ ޓްރެންޑްތަކާއި ނަތީޖާތައް ތަޙުލީލުކުރުން

-        ޑިޕާޓްމަންޓް އެޗް.އޯ.ޑީ އަދި މެނޭޖްމަންޓުން ހަވާލުކުރާ އެހެނިހެން މަސައްކަތްތައް

-        ކުންފުނީގެ ކަސްޓަމަރ ބޭސް ފުޅާކުރާ ސްޓްރެޓެޖިކް ސޭލްސް ޕްލޭނެއް ފަރުމާކޮށް ތަންފީޒުކުރުން.

-        ބަޖެޓް އަދި ކޭ.ޕީ.އައި ތައްޔާރުކުރުން

ޝަރުތުތައް:

-        މަސައްކަތާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން

-        މެނޭޖީރިއަލް މަޤާމެއްގައި 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

-        ފަރިތަކަމާއި އެކު ދިވެހި އަދި އިނގިރޭސި ބަހުން މުޢާމަލާތް ކުރުމާއި ލިޔުމުގެ ހުނަރު ހުރުން

-        އިންޓަރޕާސަނަލް އަދި ކޮމިއުނިކޭޝަން ސްކިލްސް ވަރުގަދަ، ޓީމެއް ލީޑް ކުރުމުގެ ޤާބިލުކަން ހުރުން

-        ފައިނޭންޝަލް މޮޑިއުލް އެސް.އޭ.ޕީ ބޭނުންކުރުމުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެ.

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ހެޑް އޮފީސް

 

 

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 19 އޭޕްރިލް 2025 ވާ ހޮނިހިރު ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ.

 

އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421/3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

15 އޭޕްރިލް 2025

15 އެޕްރީލް 2025