މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އ.ތ.މ ކޮމެޓީގެ މަސްރޭސް

2025ވަނަ އަހަރުގެ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި 22 މެއި 2024 ވާ ބުރާސްފަތި ދުވަހު މަސްރޭހެއް  ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ މިމުބާރާތައް ޓީމް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 12 މެއި2025  ވާ ހޯމަދުވަހުގެ 14:00ގެ ކުރިން ޓީމްލިސްޓްހުށަހެޅުއްވުން އެދެމެވެ. ޓީމްލިސްޓް ހުށަހެޅުއްވުމަށް ކޮމެޓީގެ ރައީސް ފަޠީނާ އަބްދުއްރަހީމް (9180011) އަށް  ގުޅުއްވުން އެދެމެވެ.

މަސްރޭސް ޤަވައިދު

  • މަސްރޭހުގައި ނުގުނޭ މަސްތައް

1-     ކުރުމަސް ، ލައްޓި ، ރާގޮނޑި ، ކަންނެލި ، ކަނޑުމަސް ، ހިބަރު ، ރޮނޑު، އައްޓަމަސް، ލަނޑާ

2-     ޤާނޫނީގޮތުން ބޭނުން މަނާ އެއްވެސް އެއްޗެއް ނުހިމެނޭނެ

  • ދިރޭ އެން ބޭނުން ނުކުރެވޭނެއެވެ.
  • މަސްރޭސް ބޭއްވޭދުވަހުގެ 16.15 އާއި 20.30 އާ ދެމެދުގެ ވަގުތުގައި ބާނާމަސް ފިޔަވާ އެހެންއެއެވެސް މަހެއް މުބާރާތަށް ހުށަހަޅާ މަހުގެތެރޭގައި ހިމަނައިގެން ނުވާނެއެވެ.
  • ފުރުން 16:15 އަދި އެނބުރިއައުން 20:30 – ރަސްމިއްޔާތު 16:00ގައި ބަނދަރުގައި އޮންނާނެ.
  • ޓީމެއްގައި ގިނަވެގެން ހިމެނޭނީ 3 ފިރިހެނުންނާއި 5 އަންހެނުންނެވެ. (ޓީމެއްގައި މަދުވެގެން 2 ފިރިހެނުންނާއި 5 އަންހެނުން ހިމަނަންވާނެއެވެ.)
  • މިމުބާރާތުގައި ބައިވެރިވެވޭނީ ބ.ގޮއިދޫގެ ރައްޔިތުންނާއި، ބ.ގޮއިދޫގައި ދިރިއުޅޭ އެންމެހާ ފަރާތްތަކަށެވެ.

         *  މިމުބާރާތުގެ ޤަވާއިދާއި ޚިލާފުވާ ޓީމެއްގައި ހިމެނޭ އެއްވެސް ފަރާތަކަށް އ.ތ.މ ކޮމެޓީގެ މަސްރޭހުގައި ކުރިއަށް އޮތްތާގައި ބައިވެރި ނުވެވޭނެއެވެ.

         - ޓީމް ލިސްޓް ހުށަހަޅާއިރު ޓީމްގެ ނަން ހިމަނާލަންވާނެ.

  އިނާމްތައް:

01 ވަނަ ޓީމަށް -/10000 ( ދިހަހާސް ރުފިޔާ )

02 ވަނަ ޓީމަށް -/7000 ( ހަތްހާސް ރުފިޔާ )

03 ވަނަ ޓީމަށް -/4000 ( ހަތަރުހާސް ރުފިޔާ)

އެންމެ ބަރުމަސް ބާނާ ޓީމަށް -/2000 ( ދެހާސް ރުފިޔާ )

 

އިތުރުމަޢުލޫމާތު ސާފްކުރެއްވުމަށް ގުޅުއްވާނީ :

            ފޯންނަމްބަރ :  9171049 ، 9180011

            މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                   14ޝައްވާލު 1446

13 އެޕްރީލް 2025
ހޯދާ