ދިވެހިރާއްޖެ
2025ވަނަ އަހަރުގެ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި 22 މެއި 2024 ވާ ބުރާސްފަތި ދުވަހު މަސްރޭހެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ މިމުބާރާތައް ޓީމް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 12 މެއި2025 ވާ ހޯމަދުވަހުގެ 14:00ގެ ކުރިން ޓީމްލިސްޓްހުށަހެޅުއްވުން އެދެމެވެ. ޓީމްލިސްޓް ހުށަހެޅުއްވުމަށް ކޮމެޓީގެ ރައީސް ފަޠީނާ އަބްދުއްރަހީމް (9180011) އަށް ގުޅުއްވުން އެދެމެވެ.
މަސްރޭސް ޤަވައިދު
- މަސްރޭހުގައި ނުގުނޭ މަސްތައް
1- ކުރުމަސް ، ލައްޓި ، ރާގޮނޑި ، ކަންނެލި ، ކަނޑުމަސް ، ހިބަރު ، ރޮނޑު، އައްޓަމަސް، ލަނޑާ
2- ޤާނޫނީގޮތުން ބޭނުން މަނާ އެއްވެސް އެއްޗެއް ނުހިމެނޭނެ
- ދިރޭ އެން ބޭނުން ނުކުރެވޭނެއެވެ.
- މަސްރޭސް ބޭއްވޭދުވަހުގެ 16.15 އާއި 20.30 އާ ދެމެދުގެ ވަގުތުގައި ބާނާމަސް ފިޔަވާ އެހެންއެއެވެސް މަހެއް މުބާރާތަށް ހުށަހަޅާ މަހުގެތެރޭގައި ހިމަނައިގެން ނުވާނެއެވެ.
- ފުރުން 16:15 އަދި އެނބުރިއައުން 20:30 – ރަސްމިއްޔާތު 16:00ގައި ބަނދަރުގައި އޮންނާނެ.
- ޓީމެއްގައި ގިނަވެގެން ހިމެނޭނީ 3 ފިރިހެނުންނާއި 5 އަންހެނުންނެވެ. (ޓީމެއްގައި މަދުވެގެން 2 ފިރިހެނުންނާއި 5 އަންހެނުން ހިމަނަންވާނެއެވެ.)
- މިމުބާރާތުގައި ބައިވެރިވެވޭނީ ބ.ގޮއިދޫގެ ރައްޔިތުންނާއި، ބ.ގޮއިދޫގައި ދިރިއުޅޭ އެންމެހާ ފަރާތްތަކަށެވެ.
* މިމުބާރާތުގެ ޤަވާއިދާއި ޚިލާފުވާ ޓީމެއްގައި ހިމެނޭ އެއްވެސް ފަރާތަކަށް އ.ތ.މ ކޮމެޓީގެ މަސްރޭހުގައި ކުރިއަށް އޮތްތާގައި ބައިވެރި ނުވެވޭނެއެވެ.
- ޓީމް ލިސްޓް ހުށަހަޅާއިރު ޓީމްގެ ނަން ހިމަނާލަންވާނެ.
އިނާމްތައް:
01 ވަނަ ޓީމަށް -/10000 ( ދިހަހާސް ރުފިޔާ )
02 ވަނަ ޓީމަށް -/7000 ( ހަތްހާސް ރުފިޔާ )
03 ވަނަ ޓީމަށް -/4000 ( ހަތަރުހާސް ރުފިޔާ)
އެންމެ ބަރުމަސް ބާނާ ޓީމަށް -/2000 ( ދެހާސް ރުފިޔާ )
އިތުރުމަޢުލޫމާތު ސާފްކުރެއްވުމަށް ގުޅުއްވާނީ :
ފޯންނަމްބަރ : 9171049 ، 9180011
މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
14ޝައްވާލު 1446