ދިވެހިރާއްޖެ
އިޢުލާން
ހިންމަފުށީ ކައުންސިލްގެ 6 ވަނަ ޤުރުއާން މުބާރާތް 1446 2024 މާރޗް މަހުގެ 06 ން 07 އަށް ވަނީ ބޭއްވިފައެވެ. މިމުބާރާތުގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ތެރެއިން ވަނަ ވަނައަށް ދާފަރާތްތަކަށް އިނާމް ހުށަހެޅުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.
މިމުބާރާތުގައި ހޮވުމަށް ހަމަޖެހިފައިވާ ވަނަތަކަކީ
1- ކޮންމެ އުމުރުފުރާއަކުން ދެގޮފިވަކިން ( ބަލައިގެން ކިޔެވުން ، ހިތުން ކިޔެވުން ) 1، 2 އަދި 3 ވަނަ ( 7 އަހަރުން ދަށް، 9 އަހަރުން ދަށް، 12 އަހަރުން ދަށް، 15 އަހަރުން ދަށް، 18 އަހަރުން ދަށް، 18 އަހަރުން މަތި )
2- މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން 1، 2 އަދި 3 ވަނަ ( 7 އަހަރުން ދަށުގެ ޢުމުރުފުރާއިން ފެށިގެން 18 އަހަރުން ދަށުގެ ޢުމުރުފުރާ އަށް )
3- މުޅި މުބާރާތުން ހިތުން ކިޔެވުމުގެ ގޮފި 1، 2 އަދި 3 ވަނަ ( 7 އަހަރުން ދަށުގެ ޢުމުރުފުރާއިން ފެށިގެން 18 އަހަރުން ދަށުގެ ޢުމުރުފުރާ އަށް )
4- މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން 1، 2 އަދި 3 ވަނަ ( 18 އަހަރުން މަތި )
5- މުޅި މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން އެންމެގަދަ 5 ފަރާތް
6- މުޅި މުބާރާތުގެ ހިތުން ކިޔެވުމުގެ ގޮފިން އެންމެގަދަ 5 ފަރާތް
7- މުޅި މުބާރާތުން ބަލައިގެން ކިޔެވުމުން 1 ވަނަ
8- މުޅި މުބާރާތުން ހިތުން ކިޔެވުމުން 1 ވަނަ
ވީމާ، މިވަނަތަކަށް އިނާމް ހުށަހަޅަން ބޭނުންވެލައްވާ ފަރާތްތަކަށް 20 އޭޕްރީލް 2025 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް އެފުރުޞަތު ހުޅުވާލެވިފައިވާ ކަމުގައި ދަންނަވަމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.