ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)335-AS/335/2025/61
ޕަބްލިޝްކުރި ތާރީޚް: 13 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 10:59
ސުންގަޑި: 20 އެޕްރީލް 2025 14:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ިހިންމަފުށީ ކައުންސިލްގެ 6 ވަނަ ޤުރުއާން މުބާރާތަށް އިނާމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

            ހިންމަފުށީ ކައުންސިލްގެ 6 ވަނަ ޤުރުއާން މުބާރާތް 1446 2024 މާރޗް މަހުގެ 06 ން 07 އަށް ވަނީ ބޭއްވިފައެވެ. މިމުބާރާތުގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ތެރެއިން ވަނަ ވަނައަށް ދާފަރާތްތަކަށް އިނާމް ހުށަހެޅުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.

            މިމުބާރާތުގައި ހޮވުމަށް ހަމަޖެހިފައިވާ ވަނަތަކަކީ

1-    ކޮންމެ އުމުރުފުރާއަކުން ދެގޮފިވަކިން ( ބަލައިގެން ކިޔެވުން ، ހިތުން ކިޔެވުން )  1، 2 އަދި 3 ވަނަ ( 7 އަހަރުން ދަށް،  9 އަހަރުން ދަށް، 12 އަހަރުން ދަށް، 15 އަހަރުން ދަށް، 18 އަހަރުން ދަށް، 18 އަހަރުން މަތި )

2-    މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން 1، 2 އަދި 3 ވަނަ ( 7 އަހަރުން ދަށުގެ ޢުމުރުފުރާއިން ފެށިގެން 18 އަހަރުން ދަށުގެ ޢުމުރުފުރާ އަށް )

3-    މުޅި މުބާރާތުން ހިތުން ކިޔެވުމުގެ ގޮފި 1، 2 އަދި 3 ވަނަ ( 7 އަހަރުން ދަށުގެ ޢުމުރުފުރާއިން ފެށިގެން 18 އަހަރުން ދަށުގެ ޢުމުރުފުރާ އަށް )

4-    މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން 1، 2 އަދި 3 ވަނަ ( 18 އަހަރުން މަތި )

5-    މުޅި މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން އެންމެގަދަ 5 ފަރާތް

6-    މުޅި މުބާރާތުގެ ހިތުން ކިޔެވުމުގެ ގޮފިން އެންމެގަދަ 5 ފަރާތް

7-    މުޅި މުބާރާތުން ބަލައިގެން ކިޔެވުމުން 1 ވަނަ

8-    މުޅި މުބާރާތުން ހިތުން ކިޔެވުމުން 1 ވަނަ

       ވީމާ، މިވަނަތަކަށް އިނާމް ހުށަހަޅަން ބޭނުންވެލައްވާ ފަރާތްތަކަށް 20 އޭޕްރީލް 2025 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް އެފުރުޞަތު ހުޅުވާލެވިފައިވާ ކަމުގައި ދަންނަވަމެވެ. 

       މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

13 އެޕްރީލް 2025