މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރަޖިސްޓްރީ ކޮށްފައިވާ މީޑިއާތަކުގެ މައުލޫމާތު އަޕްޑޭޓް ކުރުން
ގާނޫނު ނަންބަރު 78/47 (ނޫސް މަޖައްލާ ފަދަ ތަކެތީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ނޫސް މަޖައްލާ ތަކުގެ މިދަންނަވާ މައުލޫމާތު އަޕްޑޭޓް ކުރަން ބޭނުންވެއެވެ.
- ނޫސް މަޖައްލާގެ ނަން އަދި ޑޮމައިން:
- މަސްއޫލުވެރިއާގެ ނަމާއި ގުޅޭނެ ފޯން ނަންބަރު:
- މަސްއޫލުވެރި ފަރާތަކީ ކުންފުންޏެއްނަމަ ކުންފުނީގެ ނަން އަދި ގުޅޭނެ ނަންބަރު:
- މަޖައްލާއަށް ޒިންމާވާ ފަރާތުގެ ނަމާއި ގުޅޭނެ ނަންބަރު:
- އެޑިޓަރުގެ ނަމާއި ގުޅޭނެ ފޯން ނަންބަރު:
- ނޫސް މަޖައްލާގެ އިދާރާގެ ނަން:
ވީމާ، ރަޖިސްޓްރީ ކޮށްފައިވާ ނޫސް މަޖައްލާތަކުގެ، މަތީގައިވާ މައުލޫމާތު، 20 މާރިޗު 2025 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް ގެ އީމެއިލް: [email protected] އަށް ފޮނުއްވައި ދެއްވުން އެދެމެވެ.
13 މާރިޗު 2025
ހޯދާ