ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)493-MR/493/2025/38
ޕަބްލިޝްކުރި ތާރީޚް: 13 މާރިޗު 2025
ޕަބްލިޝްކުރި ގަޑި: 12:28
ސުންގަޑި: 20 މާރިޗު 2025 13:00
މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް
ދިވެހިރާއްޖެ
ރަޖިސްޓްރީ ކޮށްފައިވާ މީޑިއާތަކުގެ މައުލޫމާތު އަޕްޑޭޓް ކުރުން

         ގާނޫނު ނަންބަރު 78/47 (ނޫސް މަޖައްލާ ފަދަ ތަކެތީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ނޫސް މަޖައްލާ ތަކުގެ މިދަންނަވާ މައުލޫމާތު އަޕްޑޭޓް ކުރަން ބޭނުންވެއެވެ.

  1. ނޫސް މަޖައްލާގެ ނަން އަދި ޑޮމައިން:  
  2. މަސްއޫލުވެރިއާގެ ނަމާއި ގުޅޭނެ ފޯން ނަންބަރު:
  3. މަސްއޫލުވެރި ފަރާތަކީ ކުންފުންޏެއްނަމަ ކުންފުނީގެ ނަން އަދި ގުޅޭނެ ނަންބަރު:
  4. މަޖައްލާއަށް ޒިންމާވާ ފަރާތުގެ ނަމާއި ގުޅޭނެ ނަންބަރު:
  5. އެޑިޓަރުގެ ނަމާއި ގުޅޭނެ ފޯން ނަންބަރު:
  6. ނޫސް މަޖައްލާގެ އިދާރާގެ ނަން:

          ވީމާ، ރަޖިސްޓްރީ ކޮށްފައިވާ ނޫސް މަޖައްލާތަކުގެ، މަތީގައިވާ މައުލޫމާތު، 20 މާރިޗު 2025 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް ގެ އީމެއިލް:  [email protected] އަށް ފޮނުއްވައި ދެއްވުން އެދެމެވެ.

13 މާރިޗު 2025