ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2025 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ ބައްދަލުވުން ބޭއްވުން
2025 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ ބައްދަލުވުން ބޭއްވުމާއި ބެހޭ:
ޤާނޫނު ނަންބަރު 2010/7 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ޢުޞޫލުން ހިންގުމުގެ ޤާނޫނުގެ 110 ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރެއްގެ ފެބްރުވަރީ މަހުގައި ރައްޔިތުންނާއެކު ޢާންމުކޮށް ހުޅުވާލައިގެން ކައުންސިލުން ބާއްވަންޖެހޭ ބައްދަލުވުން 5 ފެބްރުވަރީ 2025 ވަނަ ދުވަހުގެރޭ 20:45 ކޮނޑޭ ކައުންސިލްގެ އިދާރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ބައްދަލުވުމުގެ އެޖެންޑާ:
- 2024 ވަނަ އަހަރު ކައުންސިލުން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ މަޢުލޫމާތު ހިއްސާ ކުރުން.
- 2024 ވަނަ އަހަރު ކައުންސިލްގެ ބަޖެޓުން ކުރެވުނު ޚަރަދުގެ މަޢުލޫމާތު ހިއްސާ ކުރުން.
- 2025 ވަނަ އަހަރު ކުރުމަށް ރާވާފައިވާ ކަންކަން ހިއްސާ ކުރުން.
- 2025 ވަނަ އަހަރަށް ފާސް ކޮށްފައިވާ ބަޖެޓްގެ މަޢުލޫމާތު ހިއްސާ ކުރުން.
- ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުން.
ވީމާ، މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ދެއްވުން އެދި ކޮނޑޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.
22 ޖަނަވަރީ 2025
ހޯދާ