ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)412-MM412/412/2025/6
ޕަބްލިޝްކުރި ތާރީޚް: 22 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 09:29
ސުންގަޑި: 05 ފެބުރުވަރީ 2025 00:00
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2025 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ ބައްދަލުވުން ބޭއްވުން

2025 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ ބައްދަލުވުން ބޭއްވުމާއި ބެހޭ:

ޤާނޫނު ނަންބަރު 2010/7 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ޢުޞޫލުން ހިންގުމުގެ ޤާނޫނުގެ 110 ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރެއްގެ ފެބްރުވަރީ މަހުގައި ރައްޔިތުންނާއެކު ޢާންމުކޮށް ހުޅުވާލައިގެން ކައުންސިލުން ބާއްވަންޖެހޭ ބައްދަލުވުން 5 ފެބްރުވަރީ 2025 ވަނަ ދުވަހުގެރޭ 20:45 ކޮނޑޭ ކައުންސިލްގެ އިދާރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ބައްދަލުވުމުގެ އެޖެންޑާ:

  • 2024 ވަނަ އަހަރު ކައުންސިލުން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ މަޢުލޫމާތު ހިއްސާ ކުރުން.
  • 2024 ވަނަ އަހަރު ކައުންސިލްގެ ބަޖެޓުން ކުރެވުނު ޚަރަދުގެ މަޢުލޫމާތު ހިއްސާ ކުރުން.
  • 2025 ވަނަ އަހަރު ކުރުމަށް ރާވާފައިވާ ކަންކަން ހިއްސާ ކުރުން.
  • 2025 ވަނަ އަހަރަށް ފާސް ކޮށްފައިވާ ބަޖެޓްގެ މަޢުލޫމާތު ހިއްސާ ކުރުން.
  • ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުން.

ވީމާ، މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ދެއްވުން އެދި ކޮނޑޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

22 ޖަނަވަރީ 2025