މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން 2025 އިޤުރާރުވުމުގެ ރަސްމިއްޔާތު
2025 ފެބުރުވަރީ 8 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންގައި، ގަވާއިދު ނަންބަރު ) R-7/2020 އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ގަވާއިދު) ގެ 42 ވަނަ މާއްދައިގައިވާ ގޮތުގެމަތިން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް އިންތިޙާބުކުރެވިފައިވާ މެންބަރު އިޤުރާރުވުމުގެ ރަސްމިއްޔާތު 2025 ޖަނަވަރީ 21 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ޒުވާނުންގެ މަރުކަޒުގައި ކުރިޔަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.
ރަސްމިއްޔާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2025 ޖަނަވަރީ 21 ވާ އަންގާރަ ދުވަހު ދެންނެވިފައިވާ ގަޑިއަށް ރަސްމިއްޔާތުގައި ބައިވެރިވުމަށް ޒުވާނުންގެ މަރުކަޒަށް ހާޒިރުވުމަށް ދައުވަތު އަރުވަމެވެ.
20 ޖަނަވަރީ 2025
ހޯދާ