ޢާންމު މަޢުލޫމާތު
ނަންބަރު: (I)288/2025/003
ޕަބްލިޝްކުރި ތާރީޚް: 20 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 09:16
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން 2025 އިޤުރާރުވުމުގެ ރަސްމިއްޔާތު

2025 ފެބުރުވަރީ 8 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންގައި، ގަވާއިދު ނަންބަރު ) R-7/2020 އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ގަވާއިދު) ގެ 42 ވަނަ މާއްދައިގައިވާ ގޮތުގެމަތިން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް އިންތިޙާބުކުރެވިފައިވާ މެންބަރު އިޤުރާރުވުމުގެ ރަސްމިއްޔާތު 2025 ޖަނަވަރީ 21 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ޒުވާނުންގެ މަރުކަޒުގައި ކުރިޔަށް  ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.  

ރަސްމިއްޔާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2025 ޖަނަވަރީ 21 ވާ އަންގާރަ ދުވަހު ދެންނެވިފައިވާ ގަޑިއަށް ރަސްމިއްޔާތުގައި ބައިވެރިވުމަށް ޒުވާނުންގެ މަރުކަޒަށް ހާޒިރުވުމަށް ދައުވަތު އަރުވަމެވެ.

20 ޖަނަވަރީ 2025