ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުޅުދެލީ ޕްރީސްކޫލަށް ކުދިން ވެއްދުމާބެހޭ

 

         06 އޭޕްރީލް 2025 ގައި ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށްހަމަޖެހިފައި ވާތީ ، ހުޅުދެލީ ޕްރީސްކޫލަށް ކުދިން ވެއްދުމުގެ ފުރުޞަތު ހުޅުވާލަމެވެ. 2025 ވަނަ ދިރާސީ އަހަރަށް މި ސްކޫލްގެ ބޭބީ ނާސަރީ، އަދި ނާސަރީއަށް ކުދިން ވެއްދުމާއި ، އެއް ގްރޭޑުން އަނެއް ގްރޭޑަށް ކުދިން ބަދަލުކުރެވޭ  އުމުރުފުރާ ތިރީގައި އެވަނީއެވެ.

 

ސްކޫލަށް ވެއްދުމުގެ އުމުރުފުރާ

ކުލާސް

އުމުރުފުރާ

ބޭބީ ނާސަރީ

2024 ޑިސެމްބަރ  31 އަށް 2 އަހަރު ފުރި  3 އަހަރު ނުފުރޭ ކުދިން (ބެލެނިވެރިޔާ އެދިލައްވާނަމަ، 2025 މާރޗް 31 އަށް އުމުރުފުރާ ހަމަވާ ކުދިން ވެއްދި ދާނެއެވެ.)

ނާސަރީ

2024 ޑިސެމްބަރ  31 އަށް 3 އަހަރު ފުރި  4 އަހަރު ނުފުރޭ ކުދިން

 

ސްކޫލް ފީ

މި ސްކޫލްގެ ފީއަކީ ކޮންމެ މީލާދީ މަހަކަށް -/200 (ދުއިސައްތަ ރުފިޔާ) އެވެ.

 

ހުޅުދެލީ ޕްރިސްކޫލްގެ އެޑްމިޝަން ފޯމް ދޫކުރުމާއި ، ބަލައިގަތުން ކުރިއަށްދާނީ  31 ޑިސެމްބަރ 2024 ން 12 ޖެނުއަރީ 2025 ( އާދިއްތަ) ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 ން ފެށިގެން 13:30 އަށް، ހުޅުދެލީ ކައުންސިލް އިދާރާ އިންނެވެ.

          އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ، ފާޠިމަތު ސިޒްމީން  ( 9869909) އެވެ.

          ވީމާ،މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.  

31 ޑިސެންބަރު 2024
ހޯދާ