ދިވެހިރާއްޖެ
06 އޭޕްރީލް 2025 ގައި ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށްހަމަޖެހިފައި ވާތީ ، ހުޅުދެލީ ޕްރީސްކޫލަށް ކުދިން ވެއްދުމުގެ ފުރުޞަތު ހުޅުވާލަމެވެ. 2025 ވަނަ ދިރާސީ އަހަރަށް މި ސްކޫލްގެ ބޭބީ ނާސަރީ، އަދި ނާސަރީއަށް ކުދިން ވެއްދުމާއި ، އެއް ގްރޭޑުން އަނެއް ގްރޭޑަށް ކުދިން ބަދަލުކުރެވޭ އުމުރުފުރާ ތިރީގައި އެވަނީއެވެ.
ސްކޫލަށް ވެއްދުމުގެ އުމުރުފުރާ
ކުލާސް |
އުމުރުފުރާ |
ބޭބީ ނާސަރީ |
2024 ޑިސެމްބަރ 31 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރޭ ކުދިން (ބެލެނިވެރިޔާ އެދިލައްވާނަމަ، 2025 މާރޗް 31 އަށް އުމުރުފުރާ ހަމަވާ ކުދިން ވެއްދި ދާނެއެވެ.) |
ނާސަރީ |
2024 ޑިސެމްބަރ 31 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރޭ ކުދިން |
ސްކޫލް ފީ
މި ސްކޫލްގެ ފީއަކީ ކޮންމެ މީލާދީ މަހަކަށް -/200 (ދުއިސައްތަ ރުފިޔާ) އެވެ.
ހުޅުދެލީ ޕްރިސްކޫލްގެ އެޑްމިޝަން ފޯމް ދޫކުރުމާއި ، ބަލައިގަތުން ކުރިއަށްދާނީ 31 ޑިސެމްބަރ 2024 ން 12 ޖެނުއަރީ 2025 ( އާދިއްތަ) ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 ން ފެށިގެން 13:30 އަށް، ހުޅުދެލީ ކައުންސިލް އިދާރާ އިންނެވެ.
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ، ފާޠިމަތު ސިޒްމީން ( 9869909) އެވެ.
ވީމާ،މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.