ދިވެހިރާއްޖެ
ޕްރެޒިޑެންޝަލް ގާޑްސް އަށް ކޮންޓްރެކްޓް އުސޫލުން މެކޭނިކް މަގާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
|
މަގާމު |
މެކޭނިކަލް އިންޖިނިއަރ |
|
ބޭނުންވާ ޢަދަދު |
1 (އެކެއް) |
|
މުސާރަ |
މަހަކު 5,610.00 ރުފިޔާ |
|
ސަރވިސް އެލަވަންސް |
މަހަކު 2,000.00 ރުފިޔާ |
|
ޢާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭތަން |
މާލެ |
|
އިތުރު ޢިނާޔަތްތައް |
މި މަގާމުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
|
ފެންވަރު ނުވަތަ ޝަރުޠު |
1- މެރިން އިންޖިނިއަރިންގ ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، 2- މެރިން އިންޖިނިއަރިންގ ދާއިރާއިން އިންބޯޑް/އައުޓްބޯޑް އިންޖިނިއަރެއްގެގޮތުން އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2 ރޭންކުގައި 4 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން. ކަނޑުމަތީގެ ޑިއުޓީގައި ގިނަވަގުތު ޑިއުޓީ ކުރުމުގެ ޤާބިލުކަން ހުރުމާއެކު މަސައްކަތް ކުރުމުގެ ފުރިހަމަ ސިއްހަތެއްގައިހުރި މީހެއް ކަމުގައިވުން. |
|
ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު |
1- ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތްދިނުމަށް ބޭނުންކުރެވޭ އުޅަނދުފަހަރުގެ ޓެކްނިކަލް މަސައްކަތްތައް ހައްލުކުރުމުގައި މެކޭނިކެއްގެގޮތުން މަސައްކަތްކުރުން. -2އުޅަނދުފަހަރު ރަނގަޅު ކޮންޑިޝަންގައި ބެހެއްޓުމަށް މަސައްކަތްކުރުން. 3- ރަސްމީ ދަތުރުތަކުގައި އިންޖިނިއަރެއްގެގޮތުގައި ބައިވެރިވުމާއި އުޅަނދުގެ ކަންޑިޝަން ރަނގަޅުކަން ޗެކްކުރުން. 4- ދަށުން މަސައްކަތްކުރާ މީހުންނަށް ޓެކްނިކަލް މަސައްކަތްތައް ކިޔައިދިނުމާއި ކަންކަން އޮޅުންފިލުވައިދީ އެކުގައި މަސައްކަތްކުރުމާއި، ރާވާ ހިންގުމުގައި ހަވާލުވެހުންނަ ސުޕަވައިޒަރަށް އެހީތެރިވުން. 5- މަސައްކަތުގެ ވަގުތުތަކުގައާއި އަދި އެހެނިހެން ވަގުތުތަކުގައި ތިމާއާއި ހަވާލުކުރާ އެންމެހާ މަސައްކަތްތައް ވީ އެންމެހާ ރަނގަޅަށް ފުރިހަމައަށް ކުރުން. |
|
އިތުރު މަޢުލޫމާތު |
ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯން ނަންބަރު ޖައްސަވާ، 2023 ސެޕްޓެންބަރު 6 ވާ ބުދަ ދުވަހު 14.00 ގެ ކުރިން މި މިނިސްޓްރީއަށް ސިޓީ ފޮނުއްވުން އެދެމެވެ. މި މިނިސްޓްރީއަށް ފޮނުއްވާ ސިޓީތައް އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ. މީގެއިތުރުން ވަޒީފާއަށްއެދޭ ސިޓީއާއި ލިޔުންތައް މިނިސްޓްރީއަށް އޮންލައިންކޮށް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، “GOV.MV” މެސެޖް ޕްލެޓްފޯމް މެދުވެރިކޮށްވެސް ހުށަހެޅުއްވިދާނެއެވެ. މި ޕްލެޓްފޯމް ލިންކަކީ:https://message.gov.mv/en/messages އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3313724 އަށް ގުޅުއްވުން އެދެމެވެ. |
11 ޞަފަރު 1445
