ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)28-PM-1/1/2023/235
ޕަބްލިޝްކުރި ތާރީޚް: 27 އޮގަސްޓް 2023
ޕަބްލިޝްކުރި ގަޑި: 10:24
ސުންގަޑި: 06 ސެޕްޓެންބަރު 2023 14:00
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
މެކޭނިކަލް އިންޖިނިއަރ / ޕްރެޒިޑެންޝަލް ގާޑްސް

ޕްރެޒިޑެންޝަލް ގާޑްސް އަށް ކޮންޓްރެކްޓް އުސޫލުން މެކޭނިކް މަގާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަގާމު

މެކޭނިކަލް އިންޖިނިއަރ

ބޭނުންވާ ޢަދަދު

1 (އެކެއް)

މުސާރަ

މަހަކު 5,610.00 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު 2,000.00 ރުފިޔާ

ޢާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭތަން

މާލެ

އިތުރު ޢިނާޔަތްތައް

މި މަގާމުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު

1- މެރިން އިންޖިނިއަރިންގ ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

2- މެރިން އިންޖިނިއަރިންގ ދާއިރާއިން އިންބޯޑް/އައުޓްބޯޑް އިންޖިނިއަރެއްގެގޮތުން އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2 ރޭންކުގައި 4 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން. ކަނޑުމަތީގެ ޑިއުޓީގައި ގިނަވަގުތު ޑިއުޓީ ކުރުމުގެ ޤާބިލުކަން ހުރުމާއެކު މަސައްކަތް ކުރުމުގެ ފުރިހަމަ ސިއްހަތެއްގައިހުރި މީހެއް ކަމުގައިވުން.

ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު

1- ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތްދިނުމަށް ބޭނުންކުރެވޭ އުޅަނދުފަހަރުގެ ޓެކްނިކަލް މަސައްކަތްތައް ހައްލުކުރުމުގައި މެކޭނިކެއްގެގޮތުން މަސައްކަތްކުރުން.

-2އުޅަނދުފަހަރު ރަނގަޅު ކޮންޑިޝަންގައި ބެހެއްޓުމަށް މަސައްކަތްކުރުން.

3- ރަސްމީ ދަތުރުތަކުގައި އިންޖިނިއަރެއްގެގޮތުގައި ބައިވެރިވުމާއި އުޅަނދުގެ ކަންޑިޝަން ރަނގަޅުކަން ޗެކްކުރުން.

4- ދަށުން މަސައްކަތްކުރާ މީހުންނަށް ޓެކްނިކަލް މަސައްކަތްތައް ކިޔައިދިނުމާއި ކަންކަން އޮޅުންފިލުވައިދީ އެކުގައި މަސައްކަތްކުރުމާއި، ރާވާ ހިންގުމުގައި ހަވާލުވެހުންނަ ސުޕަވައިޒަރަށް އެހީތެރިވުން.

5- މަސައްކަތުގެ ވަގުތުތަކުގައާއި އަދި އެހެނިހެން ވަގުތުތަކުގައި ތިމާއާއި ހަވާލުކުރާ އެންމެހާ މަސައްކަތްތައް ވީ އެންމެހާ ރަނގަޅަށް ފުރިހަމައަށް ކުރުން.

އިތުރު މަޢުލޫމާތު

ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯން ނަންބަރު ޖައްސަވާ، 2023 ސެޕްޓެންބަރު 6 ވާ ބުދަ ދުވަހު 14.00 ގެ ކުރިން މި މިނިސްޓްރީއަށް ސިޓީ ފޮނުއްވުން އެދެމެވެ. މި މިނިސްޓްރީއަށް ފޮނުއްވާ ސިޓީތައް އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ. މީގެއިތުރުން ވަޒީފާއަށްއެދޭ ސިޓީއާއި ލިޔުންތައް މިނިސްޓްރީއަށް އޮންލައިންކޮށް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، “GOV.MV” މެސެޖް ޕްލެޓްފޯމް މެދުވެރިކޮށްވެސް ހުށަހެޅުއްވިދާނެއެވެ. މި ޕްލެޓްފޯމް ލިންކަކީ:https://message.gov.mv/en/messages އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3313724 އަށް ގުޅުއްވުން އެދެމެވެ.

11 ޞަފަރު 1445

27 އޮގަސްޓް 2023