ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ/ ޢެޑްމިނިސްޓްރޭޓޮވް އޮފިސަރ

މަޤާމް :ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ/ ޢެޑްމިނިސްޓްރޭޓޮވް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ

ޑިޕާޓްމަންޓް:

އެޑްމިން

ގްރޭޑް:

05

ސްޕައިން ޕޮއިންޓް:

24

މުސާރަ:

މަހަކު  7,151.26 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު  3,064.83 ރުފިޔާ

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް

ކޮންޓްރެކްޓްގެ މުއްދަތު:

ކޮންޓްރެކްޓް ފެށޭ ތާރީޙުން ފެށިގެން 28 މޭ 2023 ގެ ނިޔަލަށް

އިނާޔަޔްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

މަގާމުގެ ޝަރުތު:

  1. ސެޓިފިކެޓް ލެވެލް 7/8 ގެ ސަރޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުން،ނުވަތަ،
  2. މަސައްކަތުގެ ދާއިރާއިން ސެޓިފިކެޓް ލެވެލް 5 ގެ ސަރޓިފިކެޓަކަށްފަހު 2 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  3. މަސައްކަތުގެ ދާއިރާއިން ސެޓިފިކެޓް ލެވެލް 4 ގެ ސަރޓިފިކެޓަށްފަހު 5 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް ޤާބިލު ފަރާތެއް ނުލިބިއްޖެނަމަ، އެޑްމިނިސްޓްރޭޓިވް އޮފިސަރ (މެކްސިމަމް)  މަޤާމަށް ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ (މެކްސިމަމް)

ބޭނުންވާ އަދަދު:

1

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ

ޑިޕާޓްމަންޓް:

އެޑްމިން

ގްރޭޑް:

4

ސްޕައިން ޕޮއިންޓް:

18

މުސާރަ:

މަހަކު  5,956.80 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު  2,552.92 ރުފިޔާ

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް

ކޮންޓްރެކްޓްގެ މުއްދަތު:

ކޮންޓްރެކްޓް ފެށޭ ތާރީޙުން ފެށިގެން 28 މޭ 2023 ގެ ނިޔަލަށް

މަގާމުގެ ޝަރުތު:

  1. ސެޓިފިކެޓް ލެވެލް 5/6 ގެ ސަރޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުމާއެކު 1 އަހަރުދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  2. ސެޓިފިކެޓް ލެވެލް 4 ގެ ސަރޓިފިކެޓްއަށްފަހު 2 އަހަރުދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  3. ގްރޭޑް 12 ނިންމާފައިވުމާއެކު، އިދާރީ އަދި އޮފީސް މަސައްކަތުގެ މަދުވެގެން 4 އަހަރު ދުވަހުގެ ޞަރީޙަ ތަޖުރިބާ (ފޯރމަލް ޓްރޭނިންގ އާއެކު) ލިބިފައިވުން.

އެޑްމިނިސްޓްރޭޓިވް އޮފިސަރ (މެކްސިމަމް) މަޤާމަށް ޤާބިލު ފަރާތެއް ނުލިބިއްޖެނަމަ، އެޑްމިނިސްޓްރޭޓިވް އޮފިސަރ (މިނިމަމް) މަޤާމަށް ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ (މިނިމަމް)

ބޭނުންވާ އަދަދު:

1

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ

ޑިޕާޓްމަންޓް:

އެޑްމިން

ގްރޭޑް:

2

ސްޕައިން ޕޮއިންޓް:

10

މުސާރަ:

މަހަކު  4,668.61 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު  2,000.83 ރުފިޔާ

މިނިމަމް ވޭޖް:

މަހަކު 942.00 ރުފިޔާ

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް

ކޮންޓްރެކްޓްގެ މުއްދަތު:

ކޮންޓްރެކްޓް ފެށޭ ތާރީޙުން ފެށިގެން 28 މޭ 2023 ގެ ނިޔަލަށް

މަގާމުގެ ޝަރުތު:

  1. ގްރޭޑް 12 ނިންމާފައިވުން.ނުވަތަ،
  2. ގްރޭޑް 10 ނިންމާފައި 2 އަހަރު ދުވަހުގެ ތަޖްރިބާމަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  3. ސެޓިފިކެޓް ލެވެލް 1 ނުވަތަ 2،ގެ ސަނަދެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުން. ނުވަތަ،

މަޤާމުގެ މަސްޢޫލިއްޔަތު:

  • ފެކަލްޓީގެ ކިޔެވުން އޮންނަ ދުވަސްތަކުގައި އޮފީހުގެ ޑިއުޓީ ތާވަލާ އެއްގޮތަށް އޮފީހަށް ނިކުމެ ޑިއުޓީ ބަލަހައްޓާ ދިނުމާއި، އަދި ހަމަޖެހިފައިވާ ތާވަލާ އެގޮތަށް އޮފީސް ހުޅުވުމާއި، އަދި އޮފީސް ލެއްޕުން.
  • ޑިއުޓީ އުސޫލުން ރަސްމީގަޑި ފިޔަވާ އިތުރުގަޑިތަކުގައި ނިކުމެ މަސައްކަތުގައި ހޭދަކުރުން.
  • އިދާރީ މުއައްޒަފަކު ސަލާމް ބުނެ ނުވަތަ ޗުއްޓީއެއް ނަގައިފިނަމަ ފެކަލްޓީއިން ހަމަޖައްސަވާ އުސޫލެއްގެ މަތީން އެމުއައްޒަފުއާއި ހަވާލުކުރެވިފައިވާ މަސައްކަތްތަށް ކުރުން.
  • ލެކްޗަރާއިން ދަރިވަރުންނަށް އަންގަވާ އެންގެވުން ތަކާއި، ޓައިމްޓޭބަލްތައް ނޯޓިސްބޯޑްގައި ޖެހުމާއި، ކެންސަލްވާ ކުލާސްތަކާއި، އެކްސްޓްރާ ކްލާސްތަކާބެހޭ ގޮތުން ދަރިވަރުންނަށް ނޯޓިސް ނެރުން. އަދި ޕަބްލިކް ލެކްޗާތަށް ބޭވޭނެ އިންތިޒާމް ހަމަޖައްސަވައި، އެކަން ދަރިވަރުންނަށް އެންގުން
  • ކޮންމެމަހަކު އެމަހެއްގެ ދަރިވަރުންގެ ހާޒިރީ ޗެކްކޮށް ރިޕޯޓް ތަށްޔާރުކުރުން. އަދި ދަރިވަރުންގެ އެމް.ސީތަށް ގަވާއިދުން ފައިލްކޮށް ބެލެހެއްޓުން.
  • ކޯސްތަކާއި ގުޅިގެން އެކިއެކި ފަރާތްތަކަށް ލިޔަންޖެހޭސިޓީތަކާއި، ލިޔުންތަށްލިޔެ އަންގަންޖެހޭ އެންގުންތަށް އެންގުން.
  • އެކަޑަމިކް ޑިޕާޓްމެންޓްތަކުން ތަންތަނަށް ފޮނުވަންޖެހޭ ފެކްސް ، ސިޓީ، އީމެއިލް މިފަދަތަކެތި ހަވާލް ކުރާތާ މަސައްކަތު އެއްދުވަސްތެރޭ ފޮނުވަންޖެހޭފަރާތަށް ފޮނުވުމާއި ކުރަންހަވާލްކުރެވޭ ފޯންކޯލްތައް ކުރުމާއި އެތަކެތި ފައިލްކޮށް ބެލެހެއްޓުން.
  • ދަރިވަރުންގެ ކަންތަށްތަކަށް އެކަޑަމިކް ޑިޕާޓްމެންޓްތަކުން ބޭނުންވާ މަސައްކަތްތައް ދުވަހުން ދުވަހަށް ނިންމުން.
  • ފެކަލްޓީއަށް ބޭނުންވާ ޚިދުމަތާއި ތަކެތިކޯދުމަށާއި މަރާމާތްތައް ކުރުމަށް އިޢުލާން ކޮށްގެން ނުވަތަ އެނޫންވެސް ގޮތްގޮތުން ކުރަންޖެހޭ އެންމެހާ ކަންކަންކޮށް ބެލެހެއްޓުން.
  • އޭ.އާރު.ސީ. ކޮމެޓީ މީޓިންތަކުގެ ޔައުމިއްޔާ މީޓިންބޭވޭތާ މަސައްކަތުގެ ދެދުވަސް ތެރޭގައި ލިޔެނިންމާ ފައިލްކޮށް ބެލެހެއްޓުން.
  • ކައުންޓަރ ބެލެހެއްޓުން.
  • ފެކަލްޓީގެ ރަސްމީ ފޯނަށް ޖަވާބުދިނުން.
  • ފެކަލްޓީގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ އެޕްރޫވްކޮށް ބެލެހެއްޓުން. 

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2023 ފެބުރުވަރީ 08 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNUHR-2023-20

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

 

އިތުރު މަޢުލޫމާތު:

 

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345144 ނަންބަރު ފޯނަށެވެ.
31 ޖަނަވަރީ 2023
ހޯދާ