| 
 މަޤާމުގެ މަސްޢޫލިއްޔަތު: 
 | 
- ފެކަލްޓީގެ ކިޔެވުން އޮންނަ ދުވަސްތަކުގައި އޮފީހުގެ ޑިއުޓީ ތާވަލާ އެއްގޮތަށް އޮފީހަށް ނިކުމެ ޑިއުޓީ ބަލަހައްޓާ ދިނުމާއި، އަދި ހަމަޖެހިފައިވާ ތާވަލާ އެގޮތަށް އޮފީސް ހުޅުވުމާއި، އަދި އޮފީސް ލެއްޕުން.
 
- ޑިއުޓީ އުސޫލުން ރަސްމީގަޑި ފިޔަވާ އިތުރުގަޑިތަކުގައި ނިކުމެ މަސައްކަތުގައި ހޭދަކުރުން.
 
- އިދާރީ މުއައްޒަފަކު ސަލާމް ބުނެ ނުވަތަ ޗުއްޓީއެއް ނަގައިފިނަމަ ފެކަލްޓީއިން ހަމަޖައްސަވާ އުސޫލެއްގެ މަތީން އެމުއައްޒަފުއާއި ހަވާލުކުރެވިފައިވާ މަސައްކަތްތަށް ކުރުން.
 
- ލެކްޗަރާއިން ދަރިވަރުންނަށް އަންގަވާ އެންގެވުން ތަކާއި، ޓައިމްޓޭބަލްތައް ނޯޓިސްބޯޑްގައި ޖެހުމާއި، ކެންސަލްވާ ކުލާސްތަކާއި، އެކްސްޓްރާ ކްލާސްތަކާބެހޭ ގޮތުން ދަރިވަރުންނަށް ނޯޓިސް ނެރުން. އަދި ޕަބްލިކް ލެކްޗާތަށް ބޭވޭނެ އިންތިޒާމް ހަމަޖައްސަވައި، އެކަން ދަރިވަރުންނަށް އެންގުން
 
- ކޮންމެމަހަކު އެމަހެއްގެ ދަރިވަރުންގެ ހާޒިރީ ޗެކްކޮށް ރިޕޯޓް ތަށްޔާރުކުރުން. އަދި ދަރިވަރުންގެ އެމް.ސީތަށް ގަވާއިދުން ފައިލްކޮށް ބެލެހެއްޓުން.
 
- ކޯސްތަކާއި ގުޅިގެން އެކިއެކި ފަރާތްތަކަށް ލިޔަންޖެހޭސިޓީތަކާއި، ލިޔުންތަށްލިޔެ އަންގަންޖެހޭ އެންގުންތަށް އެންގުން.
 
- އެކަޑަމިކް ޑިޕާޓްމެންޓްތަކުން ތަންތަނަށް ފޮނުވަންޖެހޭ ފެކްސް ، ސިޓީ، އީމެއިލް މިފަދަތަކެތި ހަވާލް ކުރާތާ މަސައްކަތު އެއްދުވަސްތެރޭ ފޮނުވަންޖެހޭފަރާތަށް ފޮނުވުމާއި ކުރަންހަވާލްކުރެވޭ ފޯންކޯލްތައް ކުރުމާއި އެތަކެތި ފައިލްކޮށް ބެލެހެއްޓުން.
 
- ދަރިވަރުންގެ ކަންތަށްތަކަށް އެކަޑަމިކް ޑިޕާޓްމެންޓްތަކުން ބޭނުންވާ މަސައްކަތްތައް ދުވަހުން ދުވަހަށް ނިންމުން.
 
- ފެކަލްޓީއަށް ބޭނުންވާ ޚިދުމަތާއި ތަކެތިކޯދުމަށާއި މަރާމާތްތައް ކުރުމަށް އިޢުލާން ކޮށްގެން ނުވަތަ އެނޫންވެސް ގޮތްގޮތުން ކުރަންޖެހޭ އެންމެހާ ކަންކަންކޮށް ބެލެހެއްޓުން.
 
- އޭ.އާރު.ސީ. ކޮމެޓީ މީޓިންތަކުގެ ޔައުމިއްޔާ މީޓިންބޭވޭތާ މަސައްކަތުގެ ދެދުވަސް ތެރޭގައި ލިޔެނިންމާ ފައިލްކޮށް ބެލެހެއްޓުން.
 
- ކައުންޓަރ ބެލެހެއްޓުން.
 
- ފެކަލްޓީގެ ރަސްމީ ފޯނަށް ޖަވާބުދިނުން.
 
- ފެކަލްޓީގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ އެޕްރޫވްކޮށް ބެލެހެއްޓުން. 
 
 
 | 
| 
 އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް: 
 | 
 2023 ފެބުރުވަރީ 08 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް. 
https://tinyurl.com/MNUHR-2023-20 
 | 
| 
 އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް: 
 | 
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
 
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
 
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
 
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
 
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
 
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
 
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
 
 
 | 
| 
 ނޯޓް: 
  
 | 
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
 
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
 
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
 
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
 
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
 
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
 
 
 | 
| 
   
އިތުރު މަޢުލޫމާތު: 
 | 
   
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345144 ނަންބަރު ފޯނަށެވެ.
 
 
 |