ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މާކެޓިން ކޮންސަލްޓަންޓް

ވަޒީފާގެ ފުރުޞަތު

މަޤާމް:

މާކެޓިން ކޮންސަލްޓަންޓް

ވަޒީފާގެ ދާއިރާ:

ބިޒްނަސް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު:

01

މުސާރަ:  

މުސާރަ ހަމަޖެއްސުމުގައި މަސައްކަތުގެ ތަޖުރިބާ އަދި ތައުލީމީ ފެންވަރު ބެލުމަށްފަހު ދެފަރާތް އެއްބަސްވާ ގޮތެއްގެ މަތީން

 ފެންވަރު ނުވަތަ ޝަރުޠު:

  • މާކެޓިން ދާއިރާއިން މަތީ ތައުލީމް ހާސިލްކޮށްފައި ވުމާއި އެކު މާރކެޓިންގ ދާއިރާގައި އެގްޒެކްޓިވް ފެންވަރުގެ މަޤާމެއްގައި 10 އަހަރު ދުވަހުގެ ތަޖުރިބާ ހުރުން

ނުވަތަ

  • މާކެޓިން ދާއިރާގެ ޕްރޮފެޝަނަލް ސެޓްފިކެޓް ނުވަތަ ސެޓިފައިޑް ލައިސެންސަކާއިއެކު ނޭޝަނަލް ނުވަތަ އިންޓަނޭޝަނަލް ފެންވަރުގައި ކާމިޔާބު މާކެޓިން އިވެންޓްތައް ރާވާހިންގުމުގައި 6 އަހަރު ހަރަކާތްތެރިވެފައި ވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  1. ކުންފުނީގެ ކޯޕަރޭޓް އައިޑެންޓިޓީ އާއި ބްރޭންޑް އިމޭޖް ވަރުދަގަ ކުރުމަށް ހެޑް އޮފް ޑިޕާޓްމެންޓް ގެ އިރުޝާދުގެ ދަށުން ބްރޭންޑިންގ ކޮންސެޕްޓްތައް ތައްޔާރުކޮށް ޑިޕާޓްމެންޓަށް ހުށަހެޅުން
  2. ކުންފުނީގެ ޕްރޮޑަކްޓްތައް އިޝްތިހާރު ކުރުމަށް ޕްރޮމޯޝަނަލް މެޓީރިއަލް ޑިޒައިން ކުރުމާއި ކޮންޓެންޓް ތައްޔާރު ކުރުމުގައި މާރކެޓިންގ ޓީމަށް ލަފާދިނުން
  3. މާކެޓިންގ ޓްރެންޑްތައް ފާހަގަކޮށް ކުންފުނި އިޝްތިހާރުކުރުމަށް އެންމެ އެކަށީގެންވާ ހަރަކާތްތަކާއި ސްޓްރެޓެޖީތަކާގުޅޭގޮތުން ރިސަރޗްހަދައި އެ ހަރަކާތްތައް ރާވައި ހިންގުމަށް މާރކެޓިންޓީމަށް އެހީތެރިވުން.
  4. މާކެޓިންގ ކެމްޕެއިންތަކުގެ ޕްރޮޕޯސަލްތައް ތައްޔާރުކުރުމާއި، ޕްރޮޕޯސަލް ކޮންސެޕްޓްތައް އިވެލުއޭޓް ކުރުމާއި ލަނޑުދަނޑިތައް ކަނޑައަޅައި ހާސިލުކުރަން ބެނުންވާ ނަތީޖާއަށް ވާސިލުވާނެ ގޮތްތައް ދެނެގަތުމުގެ މަސައްކަތަށް ބޭނުންވާ އިންސާނީ ވަސީލަތް ދެނެގަތުމާއި މިމަސައްކަތްތަކުގައި އަމަލީގޮތުން މަސައްކަތުގައި ބައިވެރިވުން.
  5. މީގެ އިތުރުން ދާއިރާއާއި ގުޅުންހުރި މަސައްކަތްތަކުގައި އެހީތެރިވުން

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

01 ނޮވެންބަރު 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 01 ނޮވެންބަރު 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މި މަޤާމަށް ހަމަޖެއްސުމުގައި ވަކިވަކި ފަރުދުންނަށް އިސްކަން ދެވޭނެ.

29 ރަބީޢުލްއައްވަލް 1444

25 އޮކްޓޫބަރު    2022

25 އޮކްޓޫބަރު 2022
ހޯދާ