|
ވަޒީފާގެ ފުރުޞަތު
|
|
މަޤާމް:
|
މާކެޓިން ކޮންސަލްޓަންޓް
|
|
ވަޒީފާގެ ދާއިރާ:
|
ބިޒްނަސް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް
|
|
ބޭނުންވާ ޢަދަދު:
|
01
|
|
މުސާރަ:
|
މުސާރަ ހަމަޖެއްސުމުގައި މަސައްކަތުގެ ތަޖުރިބާ އަދި ތައުލީމީ ފެންވަރު ބެލުމަށްފަހު ދެފަރާތް އެއްބަސްވާ ގޮތެއްގެ މަތީން
|
|
ފެންވަރު ނުވަތަ ޝަރުޠު:
|
- މާކެޓިން ދާއިރާއިން މަތީ ތައުލީމް ހާސިލްކޮށްފައި ވުމާއި އެކު މާރކެޓިންގ ދާއިރާގައި އެގްޒެކްޓިވް ފެންވަރުގެ މަޤާމެއްގައި 10 އަހަރު ދުވަހުގެ ތަޖުރިބާ ހުރުން
ނުވަތަ
- މާކެޓިން ދާއިރާގެ ޕްރޮފެޝަނަލް ސެޓްފިކެޓް ނުވަތަ ސެޓިފައިޑް ލައިސެންސަކާއިއެކު ނޭޝަނަލް ނުވަތަ އިންޓަނޭޝަނަލް ފެންވަރުގައި ކާމިޔާބު މާކެޓިން އިވެންޓްތައް ރާވާހިންގުމުގައި 6 އަހަރު ހަރަކާތްތެރިވެފައި ވުން.
|
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- ކުންފުނީގެ ކޯޕަރޭޓް އައިޑެންޓިޓީ އާއި ބްރޭންޑް އިމޭޖް ވަރުދަގަ ކުރުމަށް ހެޑް އޮފް ޑިޕާޓްމެންޓް ގެ އިރުޝާދުގެ ދަށުން ބްރޭންޑިންގ ކޮންސެޕްޓްތައް ތައްޔާރުކޮށް ޑިޕާޓްމެންޓަށް ހުށަހެޅުން
- ކުންފުނީގެ ޕްރޮޑަކްޓްތައް އިޝްތިހާރު ކުރުމަށް ޕްރޮމޯޝަނަލް މެޓީރިއަލް ޑިޒައިން ކުރުމާއި ކޮންޓެންޓް ތައްޔާރު ކުރުމުގައި މާރކެޓިންގ ޓީމަށް ލަފާދިނުން
- މާކެޓިންގ ޓްރެންޑްތައް ފާހަގަކޮށް ކުންފުނި އިޝްތިހާރުކުރުމަށް އެންމެ އެކަށީގެންވާ ހަރަކާތްތަކާއި ސްޓްރެޓެޖީތަކާގުޅޭގޮތުން ރިސަރޗްހަދައި އެ ހަރަކާތްތައް ރާވައި ހިންގުމަށް މާރކެޓިންޓީމަށް އެހީތެރިވުން.
- މާކެޓިންގ ކެމްޕެއިންތަކުގެ ޕްރޮޕޯސަލްތައް ތައްޔާރުކުރުމާއި، ޕްރޮޕޯސަލް ކޮންސެޕްޓްތައް އިވެލުއޭޓް ކުރުމާއި ލަނޑުދަނޑިތައް ކަނޑައަޅައި ހާސިލުކުރަން ބެނުންވާ ނަތީޖާއަށް ވާސިލުވާނެ ގޮތްތައް ދެނެގަތުމުގެ މަސައްކަތަށް ބޭނުންވާ އިންސާނީ ވަސީލަތް ދެނެގަތުމާއި މިމަސައްކަތްތަކުގައި އަމަލީގޮތުން މަސައްކަތުގައި ބައިވެރިވުން.
- މީގެ އިތުރުން ދާއިރާއާއި ގުޅުންހުރި މަސައްކަތްތަކުގައި އެހީތެރިވުން
|
|
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:
|
01 ނޮވެންބަރު 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން
|
|
ސުންގަޑި:
|
މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 01 ނޮވެންބަރު 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.
|
|
އިންޓަވިއު:
|
އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.
|
|
ހުށަހަޅަން ޖެހޭ ލިޔުން:
|
- ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
- ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ
|
|
އިތުރު މަޢުލޫމާތު:
|
- ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މި މަޤާމަށް ހަމަޖެއްސުމުގައި ވަކިވަކި ފަރުދުންނަށް އިސްކަން ދެވޭނެ.
|
|
29 ރަބީޢުލްއައްވަލް 1444
25 އޮކްޓޫބަރު 2022
|