މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :އިންޓަރން (ކޮންޓްރެކްޓް މުވައްޒަފުން)
ބޭނުންވާ އަދަދު :1

މި އޮތޯރިޓީއަށް ތިރީގައިމިވާ މަގާމަށް މުވައްޒަފުން ހޯދަންބޭނުންވެއެވެ.

މަގާމު:

އިންޓަރން (ކޮންޓްރެކްޓް މުވައްޒަފުން)

އަދަދު:

3

މަސައްކަތުގެ މުއްދަތު:

6 މަސް ދުވަސް

މުސާރަ:

މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/325 ރުފިޔާ

މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

މީރާގެ "ކޮމްޕްލަޔަންސް މެޕް" ޕްރޮޖެކްޓްގެ ބޭނުމަށް، ތިރީގައިވާ ބަޔާންކޮށްފައިވާ މަސައްކަތްތައް ކުރުން:

- އާމްދަނީ ހޯދުމަށް ހިންގާ ހަރަކާތް ނިސްބަތްވާ ނުވަތަ ހިންގާ ތަންތަނަށް ޒިޔާރަތްކޮށް ބޭނުންވާ މައުލޫމާތު އެއްކުރުން.

- ޓެކްސް ޤާނޫނުތަކުގެ ދަށުން ރަޖިސްޓަރީކުރަންޖެހޭ ފަރާތްތައް ހޯދައި، ރަޖިސްޓަރީވުމަށް އެ ފަރާތްތަކަށް އެހީތެރިވެދިނުން.

- ޓެކްސް ދައްކާ ފަރާތްތަކަށާއި ޢާމުންނަށް ޓެކުހާބެހޭ މައުލޫމާތު ދިނުމާއި، ޓެކްސް ޤާނޫނުތަކާއި ގަވާއިދުތަކަށް ތަބަޢަވުމަށް އެ ފަރާތްތަކަށް އެހީތެރިވެދިނުން.

ޝަރުޠު:

އޭ ލެވެލް ނިންމާފައިވުން، ނުވަތަ

އޯ ލެވެލް ނިންމާފައިވުމާއެކު ޑިޕްލޮމާ ހާސިލްކޮށްފައިވުން

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް

- މުޢާމަލާތު ކުރުމުގެ ހުނަރު

-މައިކްރޯސޮފްޓް އޮފީސް ބޭނުންކުރުމުގެ ހުނަރު

އެހެނިހެން ޝަރުތުތައް

  1. މި އޮތޯރިޓީގައި އަދާކުރާ ވަޒީފާ ފިޔަވާ އިތުރު އެހެންއެއްވެސް ވަޒީފާއެއް އަދާނުކުރުމާއި އަދި މި އޮތޯރިޓީގައި އަދާކުރާ ވަޒީފާއާއި މަސްލަހަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
  2. ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
  3. ސަރުކާރު ޙިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  4. އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއްކުރާ މީހަކު ކަމުގައި ނުވުން.
  5. ވަޒީފާއަށް ކުރިމަތިލާ މީހާއާ މި އޮތޯރިޓީގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި ފަރާތެއް ކަމުގައި ނުވުން.

މިމަގާމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައިމިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ.

  1. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  2. ކަރިކިއުލަމް ވިޓާ (ސީވީ).
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ނޯޓް:

- މަތީގައިވާ މަގާމުތަކުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. 

މި މަގާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 18 އޮކްޓޫބަރު 2022 ގެ 16:00 ގެ ކުރިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށައެޅުއްވުން އެދެމެވެ. ފޯމު މިއޮތޯރިޓީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ

ފޯނު: 1415

އީމެއިލް: [email protected]   ވެބްސައިޓް: www.mira.gov.mv

ނޯޓް: އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން، އެޕްލިކޭޝަން މި އޮތޯރިޓީއަށް ލިބުނުކަން ކަށަވަރުކުރުމަކީ އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

04 އޮކްޓޫބަރު 2022
ހޯދާ