ދިވެހިރާއްޖެ
| މަޤާމް :އިންޓަރން (ކޮންޓްރެކްޓް މުވައްޒަފުން) | |
|---|---|
| ބޭނުންވާ އަދަދު :1 | |
މި އޮތޯރިޓީއަށް ތިރީގައިމިވާ މަގާމަށް މުވައްޒަފުން ހޯދަންބޭނުންވެއެވެ.
| 
 މަގާމު:  | 
 އިންޓަރން (ކޮންޓްރެކްޓް މުވައްޒަފުން)  | 
| 
 އަދަދު:  | 
 3  | 
| 
 މަސައްކަތުގެ މުއްދަތު:  | 
 6 މަސް ދުވަސް  | 
| 
 މުސާރަ:  | 
 މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/325 ރުފިޔާ  | 
| 
 މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:  | 
 މީރާގެ "ކޮމްޕްލަޔަންސް މެޕް" ޕްރޮޖެކްޓްގެ ބޭނުމަށް، ތިރީގައިވާ ބަޔާންކޮށްފައިވާ މަސައްކަތްތައް ކުރުން: - އާމްދަނީ ހޯދުމަށް ހިންގާ ހަރަކާތް ނިސްބަތްވާ ނުވަތަ ހިންގާ ތަންތަނަށް ޒިޔާރަތްކޮށް ބޭނުންވާ މައުލޫމާތު އެއްކުރުން. - ޓެކްސް ޤާނޫނުތަކުގެ ދަށުން ރަޖިސްޓަރީކުރަންޖެހޭ ފަރާތްތައް ހޯދައި، ރަޖިސްޓަރީވުމަށް އެ ފަރާތްތަކަށް އެހީތެރިވެދިނުން. - ޓެކްސް ދައްކާ ފަރާތްތަކަށާއި ޢާމުންނަށް ޓެކުހާބެހޭ މައުލޫމާތު ދިނުމާއި، ޓެކްސް ޤާނޫނުތަކާއި ގަވާއިދުތަކަށް ތަބަޢަވުމަށް އެ ފަރާތްތަކަށް އެހީތެރިވެދިނުން.  | 
| 
 ޝަރުޠު: - އޭ ލެވެލް ނިންމާފައިވުން، ނުވަތަ - އޯ ލެވެލް ނިންމާފައިވުމާއެކު ޑިޕްލޮމާ ހާސިލްކޮށްފައިވުން  | 
|
| 
 މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް - މުޢާމަލާތު ކުރުމުގެ ހުނަރު -މައިކްރޯސޮފްޓް އޮފީސް ބޭނުންކުރުމުގެ ހުނަރު  | 
|
އެހެނިހެން ޝަރުތުތައް
- މި އޮތޯރިޓީގައި އަދާކުރާ ވަޒީފާ ފިޔަވާ އިތުރު އެހެންއެއްވެސް ވަޒީފާއެއް އަދާނުކުރުމާއި އަދި މި އޮތޯރިޓީގައި އަދާކުރާ ވަޒީފާއާއި މަސްލަހަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
 - ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
 - ސަރުކާރު ޙިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
 - އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއްކުރާ މީހަކު ކަމުގައި ނުވުން.
 - ވަޒީފާއަށް ކުރިމަތިލާ މީހާއާ މި އޮތޯރިޓީގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި ފަރާތެއް ކަމުގައި ނުވުން.
 
މިމަގާމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައިމިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ.
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
 - ކަރިކިއުލަމް ވިޓާ (ސީވީ).
 - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
 
ނޯޓް:
- މަތީގައިވާ މަގާމުތަކުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
މި މަގާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 18 އޮކްޓޫބަރު 2022 ގެ 16:00 ގެ ކުރިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށައެޅުއްވުން އެދެމެވެ. ފޯމު މިއޮތޯރިޓީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ
ފޯނު: 1415
އީމެއިލް: [email protected] ވެބްސައިޓް: www.mira.gov.mv
ނޯޓް: އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން، އެޕްލިކޭޝަން މި އޮތޯރިޓީއަށް ލިބުނުކަން ކަށަވަރުކުރުމަކީ އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.