ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ - ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް

މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ - ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް
ބޭނުންވާ އަދަދު :1

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް (ކ.ވިިލިނގިލި)

ގްރޭޑް:

4

ސްޕައިން ޕޮއިންޓް:

18

މުސާރަ:

މަހަކު  5,956.80 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު  2552.92ރުފިޔާ

އިނާޔަޔްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

މަގާމުގެ ޝަރުތު:

  1. މަސައްކަތުގެ ދާއިރާއިން ލެވެލް 5/6 ގެ ސެޓުފިކެޓެއް ލިބިފައިވުމާއެކު، މަސައްކަތާ ގުޅޭ ދާއިރާއިން 1 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން. ނުވަތަ،
  2. ލެވެލް 4 ގެ ސެޓުފިކެޓަކަށްފަހު،  މަސައްކަތާ ގުޅޭ ދާއިރާއިން  2 އަހަރުދުވަހުގެ ތަޖުރިބާ ހޯދާފައިވުން. ނުވަތަ؛
  3. ގްރޭޑް 12 ނިންމާފައިވުމާއެކު، އިދާރީ މަސައްކަތާއި، އޮފީސް މަސައްކަތުގެ މަދުވެގެން 4 އަހަރުދުވަހުގެ ޞަރީޙަ ތަޖުރިބާ (ފޯރމަލް ޓްރޭނިންގއާއެކު) ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ރަސްމީ ދުވަސްތަކުގައި އޮފީސް ހުޅުވާ ލެއްޕުން އަދި ނުރަސްމީގަޑީގައި އޮފީސް ހުޅުވަން ޖެހިއްޖެނަމަ ވެރިޔާގެ ހުއްދަ އާއިއެކު އޮފީސް ހުޅުވާ ލެއްޕުން.
  • މަރުކަޒަށް އަންނަ ފޯނުތަކަށް ޖަވާބުދިނުމާއި، ރިސެޕްޝަނަށް އަންނަ ފަރާތްތަކަށް ސެންޓަރުގެ ޚިދުމަތްތައް ފޯރުކޮށްދިނުން. ސެންޓަރަށް ހުށަހަޅާ ލިޔެކިޔުންތައް އެންޓްރީ ކުރުމާއި، ވެރިންގެ އިރުޝާދާއިއެއްގޮތަށް ފޮނުވަންޖެހޭ ސިޓީތައް ލިޔެ ތައްޔާރުކޮށް ފޮނުވުން.   އަދި އައި.އެސް.އޯ މިންގަނޑަށް ސެންޓަރުގެ ލިޔެކިޔުންތައް ބެލެހެއްޓުން.
  • ޔައުމިއްޔާ ލިޔުމާއި، މަސައްކަތު މީހުން، ޕިއޯން އަދި ވޮޗަރުންގެ މަސައްކަތްކުރާގޮތް ބަލާ އެމީހުން ކުރަންޖެހޭ މަސައްކަތްތައް ދުވަހުން ދުވަހައް ދެއްކުން. ސެންޓަރުގެ މުވައްޒަފުންނާއި ކޮންޓްރެކްޓަރުންގެ ހާޒިރީ ބެލެހެއްޓުމާއި، މަހުން މަހަށް ފޮނުވަންޖެހޭ ރިޕޯޓުތައް ތައްޔާރުކޮށް ފޮނުވުން.
  • އޮފީހައް ބޭނުންވާ ތަކެތި އޯޑަރުކޮށް ސިސްޓަމަށް އެޅުމާއި، ދޫކުރުމާއި، ޤަވާއިދާއި އެއްގޮތަށް ރެކޯޑު ބެލެހެއްޓުން. އަދި ހަރުމުދަލުގެ ރެކޯޑު ނީލަން ޕޯޓަލްގައި އަޕްޑޭޓްކޮށް ބަލަހައްޓައި، ނީލަން ކިޔަންޖެހޭ ތަކެތި ނީލަން ކިޔުން.
  • ޕެޓީކޭޝް އިން ކުރަންޖެހޭ ޚަރަދުތައް ކުރުމާއި ޤަވާޢިދާއި އެއްގޮތަށް ޕެޓީކޭޝް ރިޕޯޓުތައް ފޮނުވުން.
  • މަރާމާތު ލޮގު ބެލެހެއްޓުމާއި، މަރާމާތަށް ހޯދަންޖެހޭ ތަކެތި އޯޑަރުކުރުމާއި، މަރާމާތުކުރުވުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި، މަސައްކަތުގެ ރިޕޯޓުތައް ތައްޔާރުކޮށް ފޮނުވުން.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާއި ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީސް އިން ބާއްވާ ޖަލްސާ، ސެމިނަރ އަދި އެކިއެކި ޙަރަކާތްތަކާއި ޕްރޮގްރާމްތަކުގައި އެހީތެރިވެދިނުމާއި ބައިވެރިވުން.
  • ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީސްގެ ލަނޑުދަނޑި ހާސިލްކުރުމަށް އެއްބާރުލުމާއެކު މަސައްކަތްކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

  • 2022 އޮކްޓޯބަރު 06 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.
  • https://tinyurl.com/MNUHR-2022-277

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345144 ނަމްބަރު ފޯނަށެވެ.
29 ސެޕްޓެންބަރު 2022
ހޯދާ