މަޤާމު:
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ބޭނުންވާ އަދަދު:
|
1
|
އޮފީސް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް (ކ.ވިިލިނގިލި)
|
ގްރޭޑް:
|
4
|
ސްޕައިން ޕޮއިންޓް:
|
18
|
މުސާރަ:
|
މަހަކު 5,956.80 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު 2552.92ރުފިޔާ
|
އިނާޔަޔްތައް:
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.
|
މަގާމުގެ ޝަރުތު:
|
- މަސައްކަތުގެ ދާއިރާއިން ލެވެލް 5/6 ގެ ސެޓުފިކެޓެއް ލިބިފައިވުމާއެކު، މަސައްކަތާ ގުޅޭ ދާއިރާއިން 1 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން. ނުވަތަ،
- ލެވެލް 4 ގެ ސެޓުފިކެޓަކަށްފަހު، މަސައްކަތާ ގުޅޭ ދާއިރާއިން 2 އަހަރުދުވަހުގެ ތަޖުރިބާ ހޯދާފައިވުން. ނުވަތަ؛
- ގްރޭޑް 12 ނިންމާފައިވުމާއެކު، އިދާރީ މަސައްކަތާއި، އޮފީސް މަސައްކަތުގެ މަދުވެގެން 4 އަހަރުދުވަހުގެ ޞަރީޙަ ތަޖުރިބާ (ފޯރމަލް ޓްރޭނިންގއާއެކު) ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ރަސްމީ ދުވަސްތަކުގައި އޮފީސް ހުޅުވާ ލެއްޕުން އަދި ނުރަސްމީގަޑީގައި އޮފީސް ހުޅުވަން ޖެހިއްޖެނަމަ ވެރިޔާގެ ހުއްދަ އާއިއެކު އޮފީސް ހުޅުވާ ލެއްޕުން.
- މަރުކަޒަށް އަންނަ ފޯނުތަކަށް ޖަވާބުދިނުމާއި، ރިސެޕްޝަނަށް އަންނަ ފަރާތްތަކަށް ސެންޓަރުގެ ޚިދުމަތްތައް ފޯރުކޮށްދިނުން. ސެންޓަރަށް ހުށަހަޅާ ލިޔެކިޔުންތައް އެންޓްރީ ކުރުމާއި، ވެރިންގެ އިރުޝާދާއިއެއްގޮތަށް ފޮނުވަންޖެހޭ ސިޓީތައް ލިޔެ ތައްޔާރުކޮށް ފޮނުވުން. އަދި އައި.އެސް.އޯ މިންގަނޑަށް ސެންޓަރުގެ ލިޔެކިޔުންތައް ބެލެހެއްޓުން.
- ޔައުމިއްޔާ ލިޔުމާއި، މަސައްކަތު މީހުން، ޕިއޯން އަދި ވޮޗަރުންގެ މަސައްކަތްކުރާގޮތް ބަލާ އެމީހުން ކުރަންޖެހޭ މަސައްކަތްތައް ދުވަހުން ދުވަހައް ދެއްކުން. ސެންޓަރުގެ މުވައްޒަފުންނާއި ކޮންޓްރެކްޓަރުންގެ ހާޒިރީ ބެލެހެއްޓުމާއި، މަހުން މަހަށް ފޮނުވަންޖެހޭ ރިޕޯޓުތައް ތައްޔާރުކޮށް ފޮނުވުން.
- އޮފީހައް ބޭނުންވާ ތަކެތި އޯޑަރުކޮށް ސިސްޓަމަށް އެޅުމާއި، ދޫކުރުމާއި، ޤަވާއިދާއި އެއްގޮތަށް ރެކޯޑު ބެލެހެއްޓުން. އަދި ހަރުމުދަލުގެ ރެކޯޑު ނީލަން ޕޯޓަލްގައި އަޕްޑޭޓްކޮށް ބަލަހައްޓައި، ނީލަން ކިޔަންޖެހޭ ތަކެތި ނީލަން ކިޔުން.
- ޕެޓީކޭޝް އިން ކުރަންޖެހޭ ޚަރަދުތައް ކުރުމާއި ޤަވާޢިދާއި އެއްގޮތަށް ޕެޓީކޭޝް ރިޕޯޓުތައް ފޮނުވުން.
- މަރާމާތު ލޮގު ބެލެހެއްޓުމާއި، މަރާމާތަށް ހޯދަންޖެހޭ ތަކެތި އޯޑަރުކުރުމާއި، މަރާމާތުކުރުވުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި، މަސައްކަތުގެ ރިޕޯޓުތައް ތައްޔާރުކޮށް ފޮނުވުން.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާއި ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީސް އިން ބާއްވާ ޖަލްސާ، ސެމިނަރ އަދި އެކިއެކި ޙަރަކާތްތަކާއި ޕްރޮގްރާމްތަކުގައި އެހީތެރިވެދިނުމާއި ބައިވެރިވުން.
- ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީސްގެ ލަނޑުދަނޑި ހާސިލްކުރުމަށް އެއްބާރުލުމާއެކު މަސައްކަތްކުރުން.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
|
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
އިތުރު މަޢުލޫމާތު:
|
- މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345144 ނަމްބަރު ފޯނަށެވެ.
|