ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މެނޭޖަރ

ވަޒީފާގެ ފުރުޞަތު

މަޤާމް:

މެނޭޖަރ  ( ރިސާރޗް އެންޑް ޑިވެލޮޕްމަންޓް)

ވަޒީފާގެ ދާއިރާ:

ބިޒްނަސް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު:

01

މުސާރަ:  

-/11،500ރ އާއި -/22،000ރ ދެމެދު

އެހެނިހެން އެލެވަންސް:

މިވަޒީފާއަށް ހޮވޭ ފަރާތަށް އަސާސީ މުސާރައިގެ އިތުރުން ކުންފުނީގައި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސް ލިބިދެވޭނެއެވެ.

 ފެންވަރު ނުވަތަ ޝަރުޠު:

  • މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ލެވެލް ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއި އެކު މި ދާއިރާގައި އުޅެ މަދުވެގެން 02 އަހަރު ދުވަހު މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ؛
  • މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުމާއި އެކު މި ދާއިރާގައި އުޅެ މަދުވެގެން 07 އަހަރު ދުވަހު މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • ކަސްޓަމަރުންގެ ބޭނުންތައް ދެނެގަނެ، މާކެޓަށް ދިމާވެދާނެ ކަންކަން ދިރާސާކޮށް މާކެޓް އެނަލައިސިސް ހެދުން.
  • ކޮމްޕްލެކްސް ރިސާޗް ޕްރޮޖެކްޓްތައް ބެލެހެއްޓުމާއި، ނަތީޖާތައް ދިރާސާ ކުރުމާއި ހޯދުންތަކަށް ބިނާކޮށް ލަފާ ދިނުން.
  • ވިޔަފާރި ދިރާސާކުރުން – ސްޓްރެޓެޖީތަކާއި ވިޔަފާރި ހުށަހެޅުމުގެ ޝައުޤުވެރިކަމާއި ފައިދާހުރިކަން ވަޒަންކޮށް ދިރާސާ ކުރުން.
  • ފޯކަސްޓިންގ އަދި ބަޖެޓިންގ ބޭނުންތަކަށް ޕްރޮޑަކްޓް ޕާފޯމަންސްއާބެހޭ ތަފާސްހިސާބު ރިޕޯޓްތައް އުފެއްދުން.
  • ރިސާޗް އެންޑް ޑިވެލޮޕްމަންޓް ޔުނިޓް އާއި ގުޅުންހުރި ލިޔެކިޔުންތައް ތައްޔާރުކުރުން އަދި ބެލެހެއްޓުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

25 ޖުލައި 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ [email protected]  އަށް 25 ޖުލައި 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެ www.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

                  21  ޛުލްހިއްޖާ 1443

                  20  ޖުލައި   2022

20 ޖުލައި 2022
ހޯދާ