|
ވަޒީފާގެ ފުރުޞަތު
|
|
މަޤާމް:
|
މެނޭޖަރ ( ރިސާރޗް އެންޑް ޑިވެލޮޕްމަންޓް)
|
|
ވަޒީފާގެ ދާއިރާ:
|
ބިޒްނަސް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް
|
|
ބޭނުންވާ ޢަދަދު:
|
01
|
|
މުސާރަ:
|
-/11،500ރ އާއި -/22،000ރ ދެމެދު
|
|
އެހެނިހެން އެލެވަންސް:
|
މިވަޒީފާއަށް ހޮވޭ ފަރާތަށް އަސާސީ މުސާރައިގެ އިތުރުން ކުންފުނީގައި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސް ލިބިދެވޭނެއެވެ.
|
|
ފެންވަރު ނުވަތަ ޝަރުޠު:
|
- މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ލެވެލް ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއި އެކު މި ދާއިރާގައި އުޅެ މަދުވެގެން 02 އަހަރު ދުވަހު މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ؛
- މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުމާއި އެކު މި ދާއިރާގައި އުޅެ މަދުވެގެން 07 އަހަރު ދުވަހު މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- ކަސްޓަމަރުންގެ ބޭނުންތައް ދެނެގަނެ، މާކެޓަށް ދިމާވެދާނެ ކަންކަން ދިރާސާކޮށް މާކެޓް އެނަލައިސިސް ހެދުން.
- ކޮމްޕްލެކްސް ރިސާޗް ޕްރޮޖެކްޓްތައް ބެލެހެއްޓުމާއި، ނަތީޖާތައް ދިރާސާ ކުރުމާއި ހޯދުންތަކަށް ބިނާކޮށް ލަފާ ދިނުން.
- ވިޔަފާރި ދިރާސާކުރުން – ސްޓްރެޓެޖީތަކާއި ވިޔަފާރި ހުށަހެޅުމުގެ ޝައުޤުވެރިކަމާއި ފައިދާހުރިކަން ވަޒަންކޮށް ދިރާސާ ކުރުން.
- ފޯކަސްޓިންގ އަދި ބަޖެޓިންގ ބޭނުންތަކަށް ޕްރޮޑަކްޓް ޕާފޯމަންސްއާބެހޭ ތަފާސްހިސާބު ރިޕޯޓްތައް އުފެއްދުން.
- ރިސާޗް އެންޑް ޑިވެލޮޕްމަންޓް ޔުނިޓް އާއި ގުޅުންހުރި ލިޔެކިޔުންތައް ތައްޔާރުކުރުން އަދި ބެލެހެއްޓުން.
|
|
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:
|
25 ޖުލައި 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން
|
|
ސުންގަޑި:
|
މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ [email protected] އަށް 25 ޖުލައި 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.
|
|
އިންޓަވިއު:
|
އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.
|
|
ހުށަހަޅަން ޖެހޭ ލިޔުން:
|
- ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެ www.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
- ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ
|
|
އިތުރު މަޢުލޫމާތު:
|
- މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
- ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
|
|
21 ޛުލްހިއްޖާ 1443
20 ޖުލައި 2022
|