ދިވެހިރާއްޖެ
ޖުޑީޝަލް އެކެޑެމީ ފޮޅާސާފުކުރުމުގެ މަސައްކަތް 1 (އެކެއް) އަހަރުގެ މުއްދަތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ 198-F/2022/53 (05 އޭޕްރިލް 2022) އިޢުލާނުގެ މަޢުލޫމާތު ޝީޓަށް ބަދަލުތަކެއް އައިސްފައިވާތީ އެ އިޢުލާނު ބާޠިލްކޮށް މި މަސައްކަތް ކުރުމަށް އަލުން އިޢުލާނު ކުރަމެވެ.
މި މަސައްކަތާގުޅޭ މަޢުލޫމާތުޝީޓް އަދި އަންދާސީހިސާބު ހުށަހަޅާ ފޯމު މި އިޢުލާނާއި އެޓޭޗްކުރެވިފައިވާނެއެވެ.
މިމަސައްކަތްކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 19 މެއި 2022 ވަނަދުވަހުގެ 13:00 އަށް ވިލިމާލޭގައި ހުންނަ ޖޫޑީޝަލް އެކަޑަމީއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހެޅުއްވުމަށް 24 މެއި 2022 ވަނަދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން ހުށައެޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
14 ޝައްވާލް 1443