މަސައްކަތް
ނަންބަރު: 198-F/2022/68
ޕަބްލިޝްކުރި ތާރީޚް: 15 މޭ 2022
ޕަބްލިޝްކުރި ގަޑި: 13:26
ސުންގަޑި: 24 މޭ 2022 11:00
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ޖުޑީޝަލް އެކެޑެމީ ފޮޅާސާފުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

ޖުޑީޝަލް އެކެޑެމީ ފޮޅާސާފުކުރުމުގެ މަސައްކަތް 1 (އެކެއް) އަހަރުގެ މުއްދަތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ 198-F/2022/53 (05 އޭޕްރިލް 2022) އިޢުލާނުގެ މަޢުލޫމާތު ޝީޓަށް ބަދަލުތަކެއް އައިސްފައިވާތީ އެ އިޢުލާނު ބާޠިލްކޮށް މި މަސައްކަތް ކުރުމަށް އަލުން އިޢުލާނު ކުރަމެވެ.

މި މަސައްކަތާގުޅޭ މަޢުލޫމާތުޝީޓް އަދި އަންދާސީހިސާބު ހުށަހަޅާ ފޯމު މި އިޢުލާނާއި އެޓޭޗްކުރެވިފައިވާނެއެވެ.  

މިމަސައްކަތްކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 19 މެއި 2022 ވަނަދުވަހުގެ 13:00 އަށް ވިލިމާލޭގައި ހުންނަ ޖޫޑީޝަލް އެކަޑަމީއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުއްވުމަށް 24 މެއި 2022 ވަނަދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން ހުށައެޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 ޝައްވާލް 1443

15 މޭ 2022