ދިވެހިރާއްޖެ
ނަންބަރު:(IUL)297-AD/297/2022/39
އިޢުލާނު
އެސިސްޓެންޓް ކައުންސިލް އޮފިސަރ (ވަގުތީ) ގެ މަޤާމަށް މުވައްޒަފަކު ހޯދުމަށް |
މަޤާމް: |
އެސިސްޓެންޓް ކައުންސިލް އޮފިސަރ (ވަގުތީ) |
މަޤާމުގެ ނަންބަރު: |
- |
ބޭނުންވާ ޢަދަދު: |
1(އެކެއް)
|
މަޤާމުގެ ގިންތި: |
ވަގުތީ ( 6 މަސްދުވަސް) |
މަޤާމުގެ ކްލެސިފިކޭޝަން: |
ޖީ.އެސް 3 |
ވަޒީފާއަދާކުރަންޖެހޭ ތަން: |
ނ.ވެލިދޫކައުންސިލްގެ އިދާރާ |
މުސާރަ: |
-/4,465ރ (ހަތަރު ހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ ) (މަހަކު) |
ސަރވިސްއެލަވަންސް: |
-/1،500 (އެއް ހާސް ފަސް ސަތޭކަ ރުފިޔާ) (މަހަކު) |
މަސައްކަތްކުރަންޖެހޭ ގަޑީގެ ޢަދަދު |
ދުވާލަކު 6 ގަޑިއިރު
|
މަޤާމުގެ ޝަރުތުތައް: |
.1ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާޞިލްކޮށްފައިވުން. ނުވަތަ .2ސާނަވީ ނުވަތަ އެއާއެއްފެންވަރު އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
މަޤާމްގެ މައިގަނޑު މަސްއޫލިއްޔަތު:
|
|
ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
1- އަސާސީ ޝަރުޠު ހަމަވުން (%30) 2- އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢްލީމު (%5) 3- ލިބިފައިވާ ތަޖްރިބާ (%5) * އެޑްމިނިސްޓްރޭޝަންގެ ދާއިރާ * މެނޭޖްމަންޓްގެ ދާއިޜާ 4- އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) (%25) 5- އިންޓަރވިއު (%35)
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް ހުށަހަޅަންޖެހޭ ފޯމްއާއި ލިޔެކިޔުން ހުށަހަޅާނީ 20 އޭޕްރީލް 2022 ދުވަހުގެ 1.00 ގެ ކުރިން ނ.ވެލިދޫ ކައުންސިލްގެ އިދާރާއަށެވެ. |
ޝޯޓްލިސްޓްކުރުން |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
އިންޓަރވިއު އޮންނާނެތަނާއި މުއްދަތު: |
މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 25 އޭޕްރީލް 2022 އާއި 28 އޭޕްރީލް 2022 އާ ދެމެދު ނ.ވެލިދޫކައުންސިލްގެ އިދާރާގައެވެ. |
ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (އޭ 2 ޝީޓް) އާންމުކުރުން. |
އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (އޭ 2 ޝީޓް)" އާންމުކޮށް ފެންނާނެހެން މިއިދާރަގައި އަދި އިދާރާގެ ވެބްސައިޓްގައި ޢާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ އޭ2 ޝީޓް ޢާންމުކުރާ ދުވަހުން ފެށިގެން ރަސްމީބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މިއިދާރާއަށް ހުށަހަޅަންވާނެއެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560010، 6560056 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ[email protected] އަށެވެ. ސިވިލްސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަޑުތަކާއި އުޞޫލުތައް އަދި އެއުޞޫލުތަކާއި ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެންހުންނާނެއެވެ.
|
11 ރަމަޟާން 1443
12 އޭޕްރީލް 2022