ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)297-297-2022-39
ޕަބްލިޝްކުރި ތާރީޚް: 12 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 13:06
ސުންގަޑި: 20 އޭޕްރިލް 2022 01:00
މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ކައުންސިލް އޮފިސަރ (ވަގުތީ) މަޤާމަށް މުވައްޒަފަކުހޯދުން

   ނަންބަރު:(IUL)297-AD/297/2022/39

                                               

އިޢުލާނު

އެސިސްޓެންޓް ކައުންސިލް އޮފިސަރ (ވަގުތީ) ގެ މަޤާމަށް މުވައްޒަފަކު ހޯދުމަށް

 

މަޤާމް:

އެސިސްޓެންޓް ކައުންސިލް އޮފިސަރ (ވަގުތީ)

މަޤާމުގެ ނަންބަރު:

-

ބޭނުންވާ ޢަދަދު:

1(އެކެއް)

 

މަޤާމުގެ ގިންތި:

ވަގުތީ ( 6 މަސްދުވަސް)

މަޤާމުގެ ކްލެސިފިކޭޝަން:

ޖީ.އެސް 3

ވަޒީފާއަދާކުރަންޖެހޭ ތަން:

ނ.ވެލިދޫކައުންސިލްގެ އިދާރާ

މުސާރަ:

-/4,465ރ (ހަތަރު ހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ ) (މަހަކު)

ސަރވިސްއެލަވަންސް:

-/1،500 (އެއް ހާސް ފަސް ސަތޭކަ ރުފިޔާ) (މަހަކު)

މަސައްކަތްކުރަންޖެހޭ ގަޑީގެ ޢަދަދު

ދުވާލަކު 6 ގަޑިއިރު

 

މަޤާމުގެ ޝަރުތުތައް:

.1ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާޞިލްކޮށްފައިވުން.

ނުވަތަ

.2ސާނަވީ ނުވަތަ އެއާއެއްފެންވަރު އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

މަޤާމްގެ މައިގަނޑު މަސްއޫލިއްޔަތު:

 

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒްކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒު ކުރުމުގައި އިދާރީގޮތުންކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސްޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިންކުރުން.
  2. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒްކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  3. ލިބޭފައިސާދުވަހުން ދުވަހަށް ބަލައިގަނެ ތިޖޫރިއަށް ޖަމާކުރުމާއި ތިޖޫރީބާކީ ފުރިހަމަކުރުން
  4. އިދާރާއަށް ލިބޭފައިސާ ރަސީދުހަދާ ބަލައިގަތުން
  5. ޚަރަދުކުރެވޭ ފައިސާގެ ވައުޗަރ މާލިއްޔަތު ޤަވާޢިދާއެއްގޮތަށް ހަދާ ބެލެހެއްޓުން.
  6. ބޭންކްގައި ހުންނަ ފައިސާގެ ހިސާބުތައް ބެލެހެއްޓުމާއި އެކަމާބެހޭ އެންމެހާ ލިޔެކިޔުންތަށް ފުރިހަމަކޮށް ބެލެހެއްޓުން.
  7. ފައިސާގެ ހިސާބުތައް ބެލެހެއްޓުން.
  8. ފައިސާއާބެހޭ އެންމެހާ ރިޕޯރޓްތައް މާލިއްޔަތު ޤަވާޢިދާއެއްގޮތަށް ކަނޑައެޅިފައިވާ މުއްދަތުގައި ތައްޔާރުކުރުން. އަދި ފޮނުވަންޖެހޭ ފަރާތްތަކަށް ކަނޑައެޅިފައިވާ މުއްދަތުގާ ފޮނުވުން.
  9. މުވައްޒަފުންގެ މުސާރަ ސީޓްތައްޔާރުކޮށް މުއްދަތަށް ފޮނުވުން.
  10. އިތުރުގަޑީގާ މުވައްޒަފުން މަސައްކަތްކުރި ގަޑި ހިމެނޭ ސީޓް ތައްޔާރުކޮށް މުއްދަތަށްފޮނުވުން.
  11. މުސާރަހަވާލުކުރުމުގައި ޚަރަދުކުރުމަށް ނެގޭ ފައިސާގެ ލިޔެކިޔުންތައް ޤަވާޢިދާއެއްގޮތަށް ބެލެހެއްޓުމާއި ފައިސާ ހަވާލުކުރުން.
  12. ލިބޭފައިސާގެ ދުވަހުފޮތާއި، އައިޓަމްބާކީފޮތް ދުވަހުން ދުވަހަށް ފުރިހަމަކޮށް ބެލެހެއްޓުން
  13. ކައުންސިލްގެ އިދާރާއަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ބިލްފޮނުވަންޖެހޭ އެންމެހައި ފަރާތްތަކަށް (ކޮންމެމަހެއް ނިމުމުން ފެށޭމަހުގެ 10 ގެ ކުރިން) ބިލްހަދާ ފޮނުވުން.
  14. ފައިނޭންސް އޮފިސަރގެ ބެލުމުގެދަށުން މުދަލުޒަކާތާއި ފިޠުރުޒަކާތްނަގައި ބެހުމާއި ރިޕޯރޓް ތައްޔާރުކޮށް ކަނޑައެޅޭ މުއްދަތުގައި ކަމާބެހޭ ފަރާތަށްފޮނުވުން.
  15. ލިޔެކިޔުމަށް ބޭނުންކުރާ ފޮތްފަދަތަކެތި ރައްކާތެރިކަމާއެކު ސާފުތާހިރުކޮށް ބެލެހެއްޓުމާއި ފައިލްކުރަންޖެހޭ ހުރިހާ ލިޔެކިޔުންތައް ޤަވާޢިދުން ފައިލްކޮށް ބެލެހެއްޓުން.
  16. ކައުންސިލްއިދާރާއާއި، ކައުންސިލްގެ ބެލުމުގެދަށުގައިވާ އެންމެހާ ތަންތަނުގެ އިންވެންޓްރީ މާލިއްޔަތު ޤަވާޢިދާއާއި އެއްގޮތަށް ބެލެހެއްޓުން.
  17. ކައުންސިލްއިދާރާއިން ކުރިޔަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1-  އަސާސީ ޝަރުޠު ހަމަވުން (%30)

2-  އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢްލީމު (%5)

3-  ލިބިފައިވާ ތަޖްރިބާ (%5)

* އެޑްމިނިސްޓްރޭޝަންގެ ދާއިރާ

* މެނޭޖްމަންޓްގެ ދާއިޜާ

4-  އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) (%25)

5-  އިންޓަރވިއު (%35)

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް ހުށަހަޅަންޖެހޭ ފޯމްއާއި ލިޔެކިޔުން ހުށަހަޅާނީ 20 އޭޕްރީލް 2022 ދުވަހުގެ 1.00 ގެ ކުރިން ނ.ވެލިދޫ ކައުންސިލްގެ އިދާރާއަށެވެ.  

ޝޯޓްލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 25 އޭޕްރީލް 2022 އާއި 28 އޭޕްރީލް 2022 އާ ދެމެދު ނ.ވެލިދޫކައުންސިލްގެ އިދާރާގައެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (އޭ 2 ޝީޓް) އާންމުކުރުން.

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (އޭ 2 ޝީޓް)" އާންމުކޮށް ފެންނާނެހެން މިއިދާރަގައި އަދި އިދާރާގެ ވެބްސައިޓްގައި ޢާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ އޭ2 ޝީޓް ޢާންމުކުރާ ދުވަހުން ފެށިގެން ރަސްމީބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މިއިދާރާއަށް ހުށަހަޅަންވާނެއެވެ.

      މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560010، 6560056 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ[email protected] އަށެވެ. ސިވިލްސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަޑުތަކާއި އުޞޫލުތައް އަދި އެއުޞޫލުތަކާއި ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ (http://www.csc.gov.mv/dv/recruitment-usoolu)  އިން ލިބެންހުންނާނެއެވެ.

 

11 ރަމަޟާން 1443

12  އޭޕްރީލް 2022

12 އޭޕްރިލް 2022