|
ވަޒީފާގެ ފުރުޞަތު
|
|
މަޤާމް:
|
ސީނިއަރ އޮފިސަރ
|
|
ވަޒީފާގެ ދާއިރާ:
|
ކަސްޓަމަރ ސާރވިސަސް އެންޑް ބިލިންގ ޑިޕާޓްމަންޓް
|
|
ބޭނުންވާ ޢަދަދު:
|
01
|
|
މުސާރަ:
|
-/8,010ރ އާއި -/15,000ރ ދެމެދު
|
|
އެހެނިހެން އެލެވަންސް:
|
މިވަޒީފާއަށް ހޮވޭ ފަރާތަށް އަސާސީ މުސާރައިގެ އިތުރުން ކުންފުނީގައި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސް ލިބިދެވޭނެއެވެ.
|
|
ފެންވަރު ނުވަތަ ޝަރުޠު:
|
- މަސައްކަތާއި ގުޅޭ ދާއިރާއަކުން އެޑްވާންސް ޑިޕްލޮމާ ނުވަތަ ޑިޕްލޮމާ ޙާޞިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 03 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- އަލަށް ކަރަންޓް ގުޅާ ތަންތަނުގެ މަޢުލޫމާތު ބިލިންގ ޕްރޮގްރާމަށް އެންޓަރކުރުމާއި، އެކަމާއިގުޅޭ މަސައްކަތްތައް ކުރުމާއި، ރީޑިނގް ނަގަން ގެންދާ ލިސްޓްތައް ތައްޔާރުކުރުން
- ޙަވާލުކުރެވިފައިވާ އޭރިއާތަކުގެ ބިލްތައް ތައްޔާރު ކުރުމާއިބެހޭ ހުރިހާ މަސައްކަތެއް ކުރުން އަދި ބެލެހެއްޓުން
- ކަރަންޓު ބިލަށް އެކިގޮތްގޮތުން ގެންނަންޖެހޭ އެޖަސްޓްމަންޓްގެ ތަފްޞީލް ތައްޔާރުކުރުމާއި ބިލިންގ ޕްރޮގްރާމަށް އެންޓަރކުރުން
- ޙަވާލުކުރެވިފައިވާ އޭރިއާތަކުގެ މަސައްކަތް ކޮށްފައިވާ ގޮތުގެ ރިޕޯޓް ކޮންމެ މަހަކު ތައްޔާރުކުރުން
- ފިއުޒު ނެގުމުން އެތަންތަން ބިލިނގް ޕްރޮގްރާމަށް އެންޓްރީހެދުމާއި ބިލްތަކަށް ފައިސާ ދެއްކުމުން ވީހާ އަވަހަކަށް އެތަނަކަށް ކަރަންޓް ދިނުމުގެ ކަންތައް ހަމަޖެއްސުން
- ހަމަޖެހިފައިވާ އުޞޫލުން ފިއުޒުނަގާ ދުވަސްތަކުގައި ޑިއުޓީކުރުން
- ކަސްޓަމަރުން ގުޅާ ފޯނުކޯލުތަކަށް ޖަވާބުދާރީވުން
- ބިލިންގ ޕްރޮގްރާމުން ނަގާ ރިޕޯޓްތައް ތައްޔާރުކުރުމާއި، އެކަމާއިގުޅޭ ކަންތައްތައް ބެލެހެއްޓުން
- ޤަވާޢިދުން ނިއު ކޮންޒިއުމަރ ޖެނެރަލް އެންޓްރީ ކުރުން އަދި ނިއު ކޮންޒިއުމަރ ފޯމްތައް ފައިލްކޮށް ބެލެހެއްޓުން
|
|
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:
|
2022 އެޕްރީލް 10 ވަނަ ދުވަހުގެ 13:00 ގެ ކުރިން
|
|
ސުންގަޑި:
|
މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް 2022 އެޕްރީލް 10 ވަނަ ދުވަހުގެ 13:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.
|
|
އިންޓަވިއު:
|
އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.
|
|
ހުށަހަޅަން ޖެހޭ ލިޔުން:
|
- ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
- ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ
|
|
އިތުރު މަޢުލޫމާތު:
|
- ވަޒީފާ އަށް ޝޯޓްލިސްޓް ކުރުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މިމަޤާމަށް އިންޓަވިއު ކުރުމުގައި ތައުލީމާއި ތަޖުރިބާއަށް ދެވޭ ޕޮއިންޓްދޭނީ މިމަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަންގައިވާ ކަށަވަރު ކުރެވޭ ލިޔެކިޔުންތަކަށް ބަލާފައެވެ.
- މިމަޤާމަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
|
|
05 ރަމަޟާން 1443
06 އެޕްރީލް 2022
|