ވަޒީފާގެ ފުރުޞަތު
ނަންބަރު: I/IUL/2022/73
ޕަބްލިޝްކުރި ތާރީޚް: 06 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 13:55
ސުންގަޑި: 10 އޭޕްރިލް 2022 13:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމް:

ސީނިއަރ އޮފިސަރ

ވަޒީފާގެ ދާއިރާ:

ކަސްޓަމަރ ސާރވިސަސް އެންޑް ބިލިންގ ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު:

01

މުސާރަ:

-/8,010ރ އާއި -/15,000ރ ދެމެދު

އެހެނިހެން އެލެވަންސް:

މިވަޒީފާއަށް ހޮވޭ ފަރާތަށް އަސާސީ މުސާރައިގެ އިތުރުން ކުންފުނީގައި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސް ލިބިދެވޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު:

  • މަސައްކަތާއި ގުޅޭ ދާއިރާއަކުން އެޑްވާންސް ޑިޕްލޮމާ ނުވަތަ ޑިޕްލޮމާ ޙާޞިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 03 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • އަލަށް ކަރަންޓް ގުޅާ ތަންތަނުގެ މަޢުލޫމާތު ބިލިންގ ޕްރޮގްރާމަށް އެންޓަރކުރުމާއި، އެކަމާއިގުޅޭ މަސައްކަތްތައް ކުރުމާއި، ރީޑިނގް ނަގަން ގެންދާ ލިސްޓްތައް ތައްޔާރުކުރުން
  • ޙަވާލުކުރެވިފައިވާ އޭރިއާތަކުގެ ބިލްތައް ތައްޔާރު ކުރުމާއިބެހޭ ހުރިހާ މަސައްކަތެއް ކުރުން އަދި ބެލެހެއްޓުން
  • ކަރަންޓު ބިލަށް އެކިގޮތްގޮތުން ގެންނަންޖެހޭ އެޖަސްޓްމަންޓްގެ ތަފްޞީލް ތައްޔާރުކުރުމާއި ބިލިންގ ޕްރޮގްރާމަށް އެންޓަރކުރުން
  • ޙަވާލުކުރެވިފައިވާ އޭރިއާތަކުގެ މަސައްކަތް ކޮށްފައިވާ ގޮތުގެ ރިޕޯޓް ކޮންމެ މަހަކު ތައްޔާރުކުރުން
  • ފިއުޒު ނެގުމުން އެތަންތަން ބިލިނގް ޕްރޮގްރާމަށް އެންޓްރީހެދުމާއި ބިލްތަކަށް ފައިސާ ދެއްކުމުން ވީހާ އަވަހަކަށް އެތަނަކަށް ކަރަންޓް ދިނުމުގެ ކަންތައް ހަމަޖެއްސުން
  • ހަމަޖެހިފައިވާ އުޞޫލުން ފިއުޒުނަގާ ދުވަސްތަކުގައި ޑިއުޓީކުރުން
  • ކަސްޓަމަރުން ގުޅާ ފޯނުކޯލުތަކަށް ޖަވާބުދާރީވުން
  • ބިލިންގ ޕްރޮގްރާމުން ނަގާ ރިޕޯޓްތައް ތައްޔާރުކުރުމާއި، އެކަމާއިގުޅޭ ކަންތައްތައް ބެލެހެއްޓުން
  • ޤަވާޢިދުން ނިއު ކޮންޒިއުމަރ ޖެނެރަލް އެންޓްރީ ކުރުން އަދި ނިއު ކޮންޒިއުމަރ ފޯމްތައް ފައިލްކޮށް ބެލެހެއްޓުން

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

2022 އެޕްރީލް 10 ވަނަ ދުވަހުގެ 13:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް 2022 އެޕްރީލް 10 ވަނަ ދުވަހުގެ 13:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • ވަޒީފާ އަށް ޝޯޓްލިސްޓް ކުރުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމަށް އިންޓަވިއު ކުރުމުގައި ތައުލީމާއި ތަޖުރިބާއަށް ދެވޭ ޕޮއިންޓްދޭނީ މިމަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަންގައިވާ ކަށަވަރު ކުރެވޭ ލިޔެކިޔުންތަކަށް ބަލާފައެވެ.
  • މިމަޤާމަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

05 ރަމަޟާން 1443

06 އެޕްރީލް  2022

06 އޭޕްރިލް 2022