ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އިންޖިނިއަރ (އިލެކްޓްރިކަލް އަދި މެކޭނިކަލް)

ވަޒީފާގެ ފުރުޞަތު

މަޤާމް:

އެސިސްޓެންޓް އިންޖިނިއަރ (އިލެކްޓްރިކަލް އަދި މެކޭނިކަލް)

ވަޒީފާގެ ދާއިރާ:

އައިލެންޑް ޕަވަރައުސަސް

ބޭނުންވާ ޢަދަދު:

01

އަސާސީ މުސާރަ:  

-/10,500ރ އާއި -/21,640ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

އެހެނިހެން އެލެވަންސް:

މިވަޒީފާއަށް ހޮވޭ ފަރާތަށް އަސާސީ މުސާރައިގެ އިތުރުން ކުންފުނީގައި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސް ލިބިދެވޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު:

  • އިލެކްޓްރިކަލް އެންޓް އިލެކްޓްރޯނިކް އިންޖިނިއަރިންގ ނުވަތަ މެކޭނިކަލް އިންޖިނިއަރިންގ ދާއިރާއިން ބެޗްލަރސް ޑިގްރީ ލެވެލް ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 05 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • ކުންފުނީގެ ދަށުން ހިންގަމުންދާ އިންޖީނުގެތަކުގެ އިންޖީނުތަކަށް ދިމާވާ މައްސަލަތައް އެރަށެއްގެ ނުވަތަ އެރީޖަނެއްގެ ކަމާއި ބެހޭ މުވައްޒަފުންނަށް މަޝްވަރާދީގެން ޙައްލު ނުކުރެވޭ ނަމަ، ވީއެއްމެ އަވަހަކަށް އެރަށަކަށް ގޮސް އެ މައްސަލައެއް ޙައްލު ކުރުމަށް މަސައްކަތް ކުރުން
  • ކުންފުނީގެ ދަށުން ހިންގަމުންދާ އިންޖީނުގެތަކުގައި މެދުކެނޑުމެއްނެތި 24 ގަޑިއިރު ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން އަދި އެކަން ކަށަވަރު ކުރުމުގެ ގޮތުން  ކުރަންޖެހޭ އެއްމެހައި މަސައްކަތްތައް ކުރުން
  • ކުންފުނީގެ ދަށުން ހިންގަމުންދާ އިންޖީނުގެތަކުގެ އިންޖީނުތައް މެއިންޓަނަންސް ކުރުމުގެ މަސައްކަތްތައް ރާވައި، އިންތިޒާމްކޮށް ހިންގުން
  • ކުންފުނީގެ ދަށުން ހިންގަމުންދާ އިންޖީނުގެތަކަށް ގެނެވޭ އެކިއެކި އިކުއިޕްމަންޓް އިންސްޓޯލް ކުރުން އަދި ކަމިޝަން ކުރުން
  • ކުންފުނީގެ ދަށުން ހިންގަމުންދާ އިންޖީނުތަކަށް ބޭނުންވާ މެކޭނިކަލް މުދަލާއި، ތަކެތި ކަމާއިބެހޭ ފަރާތްތަކާއި ގުޅައި ހޯދައިދިނުން
  • ކުންފުނީގެ ދަށުން ހިންގަމުންދާ އިންޖީނުގެތައް ނިސްބަތްވާ ރަށްތަކުގެ ރައްޔިތުންނަށް ކަރަންޓު ދިނުމުގައި ދަތިވާ ކަންތައްތައް ބަލައި އެކަންކަމަށް ޙައްލު ހޯދައިދިނުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުން
  • ކުންފުނީގެ ދަށުން ހިންގަމުންދާ އިންޖީނުތަކުގެ ޑޭޓާތަކާއި އިންޖީނުތަކުގެ ރެކޯރޑްސްތައް ޖަމައުކުރުން އަދި ރެކޯރޑްސް އެމަލައިޒްކޮށް ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅު ކޮށް މިރެކޯރޑްސް ފަސޭހައިން ފެންނާނޭ ގޮތެއްގެ މަތިން ފައިލްކޮށް ބެލެހެއްޓުން
  • ކުންފުނީގެ ދަށުން ހިންގަމުންދާ އިންޖީނުތަކަށް ބޭނުންވާ މެކޭނިކަލް ޓޫލްސް ހޯދައިދިނުން
  • ކުންފުނީގެ ދަށުން ހިންގަމުންދާ އިންޖީނުތަކުގެ މުވައްޒަފުން ފަންނީ ގޮތުން ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތްކުރުން

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

2022 އެޕްރީލް 12 ވަނަ ދުވަހުގެ 13:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް 2022 އެޕްރީލް 12 ވަނަ ދުވަހުގެ 13:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެ www.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

04 ރަމަޟާން 1443

05 އެޕްރީލް  2022

05 އޭޕްރިލް 2022
ހޯދާ