|
ވަޒީފާގެ ފުރުޞަތު
|
|
މަޤާމް:
|
އެސިސްޓެންޓް އިންޖިނިއަރ (އިލެކްޓްރިކަލް އަދި މެކޭނިކަލް)
|
|
ވަޒީފާގެ ދާއިރާ:
|
އައިލެންޑް ޕަވަރައުސަސް
|
|
ބޭނުންވާ ޢަދަދު:
|
01
|
|
އަސާސީ މުސާރަ:
|
-/10,500ރ އާއި -/21,640ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)
|
|
އެހެނިހެން އެލެވަންސް:
|
މިވަޒީފާއަށް ހޮވޭ ފަރާތަށް އަސާސީ މުސާރައިގެ އިތުރުން ކުންފުނީގައި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސް ލިބިދެވޭނެއެވެ.
|
|
ފެންވަރު ނުވަތަ ޝަރުޠު:
|
- އިލެކްޓްރިކަލް އެންޓް އިލެކްޓްރޯނިކް އިންޖިނިއަރިންގ ނުވަތަ މެކޭނިކަލް އިންޖިނިއަރިންގ ދާއިރާއިން ބެޗްލަރސް ޑިގްރީ ލެވެލް ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 05 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- ކުންފުނީގެ ދަށުން ހިންގަމުންދާ އިންޖީނުގެތަކުގެ އިންޖީނުތަކަށް ދިމާވާ މައްސަލަތައް އެރަށެއްގެ ނުވަތަ އެރީޖަނެއްގެ ކަމާއި ބެހޭ މުވައްޒަފުންނަށް މަޝްވަރާދީގެން ޙައްލު ނުކުރެވޭ ނަމަ، ވީއެއްމެ އަވަހަކަށް އެރަށަކަށް ގޮސް އެ މައްސަލައެއް ޙައްލު ކުރުމަށް މަސައްކަތް ކުރުން
- ކުންފުނީގެ ދަށުން ހިންގަމުންދާ އިންޖީނުގެތަކުގައި މެދުކެނޑުމެއްނެތި 24 ގަޑިއިރު ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން އަދި އެކަން ކަށަވަރު ކުރުމުގެ ގޮތުން ކުރަންޖެހޭ އެއްމެހައި މަސައްކަތްތައް ކުރުން
- ކުންފުނީގެ ދަށުން ހިންގަމުންދާ އިންޖީނުގެތަކުގެ އިންޖީނުތައް މެއިންޓަނަންސް ކުރުމުގެ މަސައްކަތްތައް ރާވައި، އިންތިޒާމްކޮށް ހިންގުން
- ކުންފުނީގެ ދަށުން ހިންގަމުންދާ އިންޖީނުގެތަކަށް ގެނެވޭ އެކިއެކި އިކުއިޕްމަންޓް އިންސްޓޯލް ކުރުން އަދި ކަމިޝަން ކުރުން
- ކުންފުނީގެ ދަށުން ހިންގަމުންދާ އިންޖީނުތަކަށް ބޭނުންވާ މެކޭނިކަލް މުދަލާއި، ތަކެތި ކަމާއިބެހޭ ފަރާތްތަކާއި ގުޅައި ހޯދައިދިނުން
- ކުންފުނީގެ ދަށުން ހިންގަމުންދާ އިންޖީނުގެތައް ނިސްބަތްވާ ރަށްތަކުގެ ރައްޔިތުންނަށް ކަރަންޓު ދިނުމުގައި ދަތިވާ ކަންތައްތައް ބަލައި އެކަންކަމަށް ޙައްލު ހޯދައިދިނުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުން
- ކުންފުނީގެ ދަށުން ހިންގަމުންދާ އިންޖީނުތަކުގެ ޑޭޓާތަކާއި އިންޖީނުތަކުގެ ރެކޯރޑްސްތައް ޖަމައުކުރުން އަދި ރެކޯރޑްސް އެމަލައިޒްކޮށް ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅު ކޮށް މިރެކޯރޑްސް ފަސޭހައިން ފެންނާނޭ ގޮތެއްގެ މަތިން ފައިލްކޮށް ބެލެހެއްޓުން
- ކުންފުނީގެ ދަށުން ހިންގަމުންދާ އިންޖީނުތަކަށް ބޭނުންވާ މެކޭނިކަލް ޓޫލްސް ހޯދައިދިނުން
- ކުންފުނީގެ ދަށުން ހިންގަމުންދާ އިންޖީނުތަކުގެ މުވައްޒަފުން ފަންނީ ގޮތުން ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތްކުރުން
|
|
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:
|
2022 އެޕްރީލް 12 ވަނަ ދުވަހުގެ 13:00 ގެ ކުރިން
|
|
ސުންގަޑި:
|
މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް 2022 އެޕްރީލް 12 ވަނަ ދުވަހުގެ 13:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.
|
|
އިންޓަވިއު:
|
އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.
|
|
ހުށަހަޅަން ޖެހޭ ލިޔުން:
|
- ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެ www.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
- ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ
|
|
އިތުރު މަޢުލޫމާތު:
|
- މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
- ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
|
|
04 ރަމަޟާން 1443
05 އެޕްރީލް 2022
|