|
ވަޒީފާގެ ފުރުޞަތު
|
|
މަޤާމް:
|
ސީނިއަރ އޮފިސަރ
|
|
ވަޒީފާގެ ދާއިރާ:
|
ބިޒްނަސް ޑިވެލޮޕްމަންޓް ޑިޕާރޓްމަންޓް
|
|
ބޭނުންވާ ޢަދަދު:
|
01
|
|
މުސާރަ:
|
-/8,010ރ އާއި -/15,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)
|
|
ފެންވަރު ނުވަތަ ޝަރުޠު:
|
- މަސައްކަތާއި ގުޅޭ ދާއިރާއަކުން އެޑްވާންސް ޑިޕްލޮމާ ނުވަތަ ޑިޕްލޮމާ ޙާޞިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 03 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- މާރކެޓިންގ ޔުނިޓްގެ މަސައްކަތްތަކާއި ހުށަހެޅޭ ޚިޔާލު ތަކަށް ބިނާކޮށް މާރކެޓިންގ ކޮންސެޕްޓް ތައްޔާރު ކުރުމަށް އެހީތެރިވުން.
- މާރކެޓިންގ ޔުނިޓްގެ މަސައްކަތްތަކަށާއި ކުންފުނީގެ ޚާއްޞަ އިވެންޓްތަކަށް ފޮޓޯ، ވީޑިޔޯ، ލޭއައުޓް އަދި ގްރެފިކް ޑިޒައިނިންގ މަސައްކަތްތައް ކުރުން.
- އެކި އެކި މާރކެޓިންގ ކޮންސެޕްޓްތަކާއި ގުޅޭ އައު މައުލޫމާތު އުގެނި، އުގެނިފައިވާ ގޮތަށް މާރކެޓިންގ މަސައްކަތްތައް ރާވާ ޚިޔާލު ފާޅު ކުރުން
- މާރކެޓިންގ ޕްރޮޖެކްޓްސްތައް ބޭރު އޭޖެންސީސް، ޕްރިންޓިންގ، އާރޓް ސާރވިސާރސް އަދި ވީޑިޔޯ އެނިމޭޝަންގެ ޚިދުމަތް ދޭ ފަރާތްތަކާއި ގުޅިގެން ހުށަހެޅިފައިވާ ޕްރޮޖެކްޓްގެ ޑެޑްލައިންއަށް ނިންމުން.
- މާރކެޓިންގ ޓީމް އާއިއެކު ކުންފުނީގެ މާރކެޓިންގ މަސައްކަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ނިންމުމަށް މަސައްކަތް ކުރުން.
- ޑިޕާރޓްމަންޓްގެ ފަރާތުން ހިންގާ އެކި އެކި ޕްރޮމޯޝަނަލް މަސައްކަތްތަކާއި ކެމްޕެއިން ތަކުގެ މާރކެޓިންގ މަސައްކަތްތައް ކުރުން.
- މާރކެޓިންގ ކޮލަޓްރަލް އެކުލަވާލުމަށް އެހީތެރިވުން އަދި ދެމެހެއްޓުމަށް މަސައްކަތް ކުރުން.
- މާރކެޓިންގ އާއި ގުޅުންހުރި މީޓިންގތައް ރޭވުމަށް އެހީތެރިވެ، މާރކެޓިންގ ޓީމްއާއި އެކު ސްޓެލްކޯގެ ލަނޑުދަނޑި ތަކާއި އެއްގޮތަށް ސްޓެލްކޯ ބްރޭންޑް ދެމެހެއްޓުމަށް މަސައްކަތް ކުރުން
- އަދި މާރކެޓިންގ ޔުނިޓް ހިންގަވަން ހުންނަވާ ވެރިއެއްގެ އިރުޝާދުގެ ދަށުން މަޤާމާއި ގުޅުންހުރި މަސައްކަތް ކުރުން
|
|
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:
|
2022 އެޕްރީލް 07 ވަނަ ދުވަހުގެ 13:00 ގެ ކުރިން
|
|
ސުންގަޑި:
|
މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް 2022 އެޕްރީލް 07 ވަނަ ދުވަހުގެ 00:13 ގެ ކުރިން ހުށަހެޅުން އެދެމެވެ.
|
|
އިންޓަވިއު:
|
އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.
|
|
ހުށަހަޅަން ޖެހޭ ލިޔުން:
|
- ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
- ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ
|
|
އިތުރު މަޢުލޫމާތު:
|
- މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
- ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
|
|
28 ޝައުބާން 1443
31 މާރިޗު 2022
|