ވަޒީފާގެ ފުރުޞަތު
ނަންބަރު: I/IUL/2022/55
ޕަބްލިޝްކުރި ތާރީޚް: 31 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 15:23
ސުންގަޑި: 07 އޭޕްރިލް 2022 13:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމް:

ސީނިއަރ އޮފިސަރ

ވަޒީފާގެ ދާއިރާ:

ބިޒްނަސް ޑިވެލޮޕްމަންޓް ޑިޕާރޓްމަންޓް

ބޭނުންވާ ޢަދަދު:

01

މުސާރަ:  

-/8,010ރ އާއި -/15,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

  • މަސައްކަތާއި ގުޅޭ ދާއިރާއަކުން އެޑްވާންސް ޑިޕްލޮމާ ނުވަތަ ޑިޕްލޮމާ ޙާޞިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 03 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • މާރކެޓިންގ ޔުނިޓްގެ މަސައްކަތްތަކާއި ހުށަހެޅޭ ޚިޔާލު ތަކަށް ބިނާކޮށް މާރކެޓިންގ ކޮންސެޕްޓް ތައްޔާރު ކުރުމަށް އެހީތެރިވުން.
  • މާރކެޓިންގ ޔުނިޓްގެ މަސައްކަތްތަކަށާއި ކުންފުނީގެ ޚާއްޞަ އިވެންޓްތަކަށް ފޮޓޯ، ވީޑިޔޯ، ލޭއައުޓް އަދި ގްރެފިކް ޑިޒައިނިންގ މަސައްކަތްތައް ކުރުން.
  • އެކި އެކި މާރކެޓިންގ ކޮންސެޕްޓްތަކާއި ގުޅޭ އައު މައުލޫމާތު އުގެނި، އުގެނިފައިވާ ގޮތަށް މާރކެޓިންގ މަސައްކަތްތައް ރާވާ ޚިޔާލު ފާޅު ކުރުން
  • މާރކެޓިންގ ޕްރޮޖެކްޓްސްތައް ބޭރު އޭޖެންސީސް، ޕްރިންޓިންގ، އާރޓް ސާރވިސާރސް އަދި ވީޑިޔޯ އެނިމޭޝަންގެ ޚިދުމަތް ދޭ ފަރާތްތަކާއި ގުޅިގެން ހުށަހެޅިފައިވާ ޕްރޮޖެކްޓްގެ ޑެޑްލައިންއަށް ނިންމުން.
  • މާރކެޓިންގ ޓީމް އާއިއެކު ކުންފުނީގެ މާރކެޓިންގ މަސައްކަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ނިންމުމަށް މަސައްކަތް ކުރުން.
  • ޑިޕާރޓްމަންޓްގެ ފަރާތުން ހިންގާ އެކި އެކި ޕްރޮމޯޝަނަލް މަސައްކަތްތަކާއި ކެމްޕެއިން ތަކުގެ މާރކެޓިންގ މަސައްކަތްތައް ކުރުން.
  • މާރކެޓިންގ ކޮލަޓްރަލް އެކުލަވާލުމަށް އެހީތެރިވުން އަދި ދެމެހެއްޓުމަށް މަސައްކަތް ކުރުން.
  • މާރކެޓިންގ އާއި ގުޅުންހުރި މީޓިންގތައް ރޭވުމަށް އެހީތެރިވެ، މާރކެޓިންގ ޓީމްއާއި އެކު ސްޓެލްކޯގެ ލަނޑުދަނޑި ތަކާއި އެއްގޮތަށް ސްޓެލްކޯ ބްރޭންޑް ދެމެހެއްޓުމަށް މަސައްކަތް ކުރުން  
  • އަދި މާރކެޓިންގ ޔުނިޓް ހިންގަވަން ހުންނަވާ ވެރިއެއްގެ އިރުޝާދުގެ ދަށުން މަޤާމާއި ގުޅުންހުރި މަސައްކަތް ކުރުން

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

2022 އެޕްރީލް 07 ވަނަ ދުވަހުގެ 13:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް 2022 އެޕްރީލް 07 ވަނަ ދުވަހުގެ 00:13 ގެ ކުރިން ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

28 ޝައުބާން 1443

31 މާރިޗު   2022

31 މާރިޗު 2022