|
ވަޒީފާގެ ފުރުޞަތު
|
|
މަޤާމް:
|
އޮފިސަރ
|
|
ވަޒީފާގެ ދާއިރާ:
|
ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާޓްމަންޓް
|
|
ބޭނުންވާ ޢަދަދު:
|
01
|
|
މުސާރަ:
|
-/8,000ރ އާއި 14,500/-ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)
|
|
ފެންވަރު ނުވަތަ ޝަރުޠު:
|
- ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުގެ 02 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.
- ނުވަތަ؛
- ޖީ.ސީ.އީ އޯލެވެލް ފެންވަރަށް ތައުލީމް ޙާޞިލްކޮށްފައިވުމާއި އެކު ފައިނޭންސް އެންޑް އެކައުންޓްސް ދާއިރާއިން ޑިޕްލޮމާ އެއް ޙާޞިލްކޮށްފައިވުން
- ނުވަތަ؛
- ޖީ.ސީ.އީ އޯލެވެލް ފެންވަރަށް ތައުލީމް ޙާޞިލްކޮށްފައިވުމާއި އެކު ފައިނޭންސް އެންޑް އެކައުންޓްސް ދާއިރާއިން ލެވެލް 04 ގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާއި އެކު ފައިނޭންސް އެންޑް އެކައުންޓްސް ދާއިރާއިން 02 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- ޕޭމަންޓް ވައުޗަރ ހެދުމުގެ ކުރިން ސަރވިސް އޯޑަރ ނުވަތަ ޕާޗޭސްއޯޑަރ ފޯމްގައިވާ ޚިދުމަތް އެއްބަސް ވެފައިވާ އަގުތަކާއި ދިމާވޭތޯ ބަލާ ޗެކްކުރުމާއި، މުދާ ނުވަތަ ޚިދުމަތް ލިބުނުތޯ ބަލާ ޗެކްކުރުން.
- ޕޭމަންޓް ވައުޗަރ ހެދުމުގައި ޚަރަދުތަކާ ގުޅޭގޮތުން އަންނަ ބިލްތަކަށް ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ދެއްކުމުގެ މަސައްކަތް.
- ޕޭމަންޓް ވައުޗަރ ހެދުމަށްފަހު އޮންލައިން ބޭންކިންގ ޕްލެޓްފޯރމްތަކުން ފައިސާ ޓްރާންސްފާކޮށް ޓްރާންސްފާރ ސްލިޕް ސަޕްލަޔަރުންނަށް އީމެއިލް ކުރުން.
- ސަޕްލަޔަރުންގެ އައުޓްސްޓޭންޑިންގ ސްޓޭޓްމަންޓްގެ ރިކޮންސިލޭޝަނެއް ތައްޔާރުކޮށް ސަޕްލަޔަރުންނަށް މަހުން މަހަށް އައުޓްސްޓޭންޑިންގ ގެ ތަފްސީލް ފޮނުވުން.
- ޕޭމަންޓް ވައުޗަރތައް ނިންމުމަށް ފަހު ފައިލްކޮށް ބެލެހެއްޓުން.
- ސަޕްލަޔަރުންންގެ އިންކުއަރީތަކަށް ޖަވާބު ދިނުން.
- ފައިނޭންޝަލް އޮޕަރޭޝަންސްއާއި ގުޅުންހުރި އެހެނިހެން އިދާރީ މަސައްކަތް.
|
|
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:
|
30 މާރޗު 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން
|
|
ސުންގަޑި:
|
މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 27 މާރޗު 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.
|
|
އިންޓަވިއު:
|
އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.
|
|
ހުށަހަޅަން ޖެހޭ ލިޔުން:
|
- ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
- ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ
|
|
އިތުރު މަޢުލޫމާތު:
|
- މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
- ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މިމަޤާމަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
|
|
20 ޝައުބާން 1443
23 މާރިޗު 2022
|