ވަޒީފާގެ ފުރުޞަތު
ނަންބަރު: I/IUL/2022/48
ޕަބްލިޝްކުރި ތާރީޚް: 23 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 15:35
ސުންގަޑި: 30 މާރިޗު 2022 15:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމް:

އޮފިސަރ 

ވަޒީފާގެ ދާއިރާ:

ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު:

01

މުސާރަ:

-/8,000ރ އާއި 14,500/-ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

  • ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުގެ 02 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.
  • ނުވަތަ؛
  • ޖީ.ސީ.އީ އޯލެވެލް ފެންވަރަށް ތައުލީމް ޙާޞިލްކޮށްފައިވުމާއި އެކު ފައިނޭންސް އެންޑް އެކައުންޓްސް ދާއިރާއިން ޑިޕްލޮމާ އެއް ޙާޞިލްކޮށްފައިވުން
  • ނުވަތަ؛
  • ޖީ.ސީ.އީ އޯލެވެލް ފެންވަރަށް ތައުލީމް ޙާޞިލްކޮށްފައިވުމާއި އެކު ފައިނޭންސް އެންޑް އެކައުންޓްސް ދާއިރާއިން ލެވެލް 04 ގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާއި އެކު ފައިނޭންސް އެންޑް އެކައުންޓްސް ދާއިރާއިން 02 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • ޕޭމަންޓް ވައުޗަރ ހެދުމުގެ ކުރިން ސަރވިސް އޯޑަރ ނުވަތަ ޕާޗޭސްއޯޑަރ ފޯމްގައިވާ ޚިދުމަތް އެއްބަސް ވެފައިވާ އަގުތަކާއި ދިމާވޭތޯ ބަލާ ޗެކްކުރުމާއި، މުދާ ނުވަތަ ޚިދުމަތް ލިބުނުތޯ ބަލާ ޗެކްކުރުން.
  • ޕޭމަންޓް ވައުޗަރ ހެދުމުގައި ޚަރަދުތަކާ ގުޅޭގޮތުން އަންނަ ބިލްތަކަށް ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ދެއްކުމުގެ މަސައްކަތް.
  • ޕޭމަންޓް ވައުޗަރ ހެދުމަށްފަހު އޮންލައިން ބޭންކިންގ ޕްލެޓްފޯރމްތަކުން ފައިސާ ޓްރާންސްފާކޮށް ޓްރާންސްފާރ ސްލިޕް ސަޕްލަޔަރުންނަށް އީމެއިލް ކުރުން.
  • ސަޕްލަޔަރުންގެ އައުޓްސްޓޭންޑިންގ ސްޓޭޓްމަންޓްގެ ރިކޮންސިލޭޝަނެއް ތައްޔާރުކޮށް ސަޕްލަޔަރުންނަށް މަހުން މަހަށް އައުޓްސްޓޭންޑިންގ ގެ ތަފްސީލް ފޮނުވުން.
  • ޕޭމަންޓް ވައުޗަރތައް ނިންމުމަށް ފަހު ފައިލްކޮށް ބެލެހެއްޓުން.
  • ސަޕްލަޔަރުންންގެ އިންކުއަރީތަކަށް ޖަވާބު ދިނުން.
  • ފައިނޭންޝަލް އޮޕަރޭޝަންސްއާއި ގުޅުންހުރި އެހެނިހެން އިދާރީ މަސައްކަތް.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

30 މާރޗު 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 27 މާރޗު 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

20 ޝައުބާން 1443

23 މާރިޗު   2022

23 މާރިޗު 2022