ދިވެހިރާއްޖެ
މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު
(ޕްރީކޮލިފިކޭޝަނާއި ނުލައި)
(ޕްރޮޖެކްޓް ނަންބަރު: (TES/2022/W-038
|
ޤައުމު: |
ދިވެހިރާއްޖެ |
|
ޕްރޮޖެކްޓްގެ ނަން: |
އެކްސެލެރޭޓިންގ ރިނިއުއަބަލް އެނަރޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ (އެރައިސް) ޕްރޮޖެކްޓް ARISE – P172788 |
|
ކޮންޓްރެކްޓްގެ ސުރުޙީ: |
މި މަޝްރޫޢުގެ ދަށުން ދިވެހިރާއްޖޭގައި ކަޑައެޅިފައިވާ ސަރަހައްދުތަކުގައި ކަރަންޓު ވިއުގަ ތަރައްގީ ކުރުން. |
|
ލޯން ނަންބަރު: |
L0377A |
|
ބީލަން ރިފަރަންސް ނަންބަރު: |
MV-MEE-266363-CW-RFB |
1. އެކްސެލެރޭޓިންގ ރިނިއުއަބަލް އެނަރޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ (އެރައިސް) މަޝްރޫޢުގެ ޚަރަދު ތަކަށް ވަރލްޑް ބޭންކުން ވަނީ ދިވެހި ސަރުކާރަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ. އަދި ސަރުކާރުން ވަނީ މިފައިސާގެ ބައެއް ތިރީގައި މި ދަންނަވާ ކޮންޓްރެކްޓްތަކަށް ޚަރަދުކުރަން ގަސްތުކޮށްފައެވެ.
މި މަޝްރޫޢުގެ ދަށުން ދިވެހިރާއްޖޭގައި ކަޑައެޅިފައިވާ ރައްތަކުގައި ކަރަންޓު ވިއުގަ ތަރައްގީ ކުރުން.
ލޮޓް 1: މި މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީ، އައްޑޫ ހުޅުމީދޫ، ފުވައްމުލައް ސިޓީ އަދި ގދ. ތިނަދޫ ގައި ކަރަންޓު ވިއުގަ ތަރައްގީ ކުރުން
ލޮޓް 2: މި މަޝްރޫޢުގެ ދަށުން ބ. އޭދަފުށި، ޅ. ހިންނަވަރު އަދި ކުޅުދުއްފުށި ސިޓީ ގައި ކަރަންޓު ވިއުގަ ތަރައްގީ ކުރުން
ލޮޓް 3: މި މަޝްރޫޢުގެ ދަށުން ލ. އަތޮޅު ފޮނަދޫ، އިސްދޫ-ކަލައިދޫ، ދަނބިދޫ، މާބައިދޫ، ކުނަހަންދޫ، ހިތަދޫ، އަދި ށ. ފުނަދޫ ގައި ކަރަންޓު ވިއުގަ ތަރައްގީ ކުރުން
2. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ ގެ އެދިލެއްވުމުގެ މަތިން، މަތީގައިވާ މަސައްކަތްތަކަށް ޝަރުތުހަމަވާ، އެކަށީގެންވާ ތަޖުރިބާ ހުރި، އަދި މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. އިތުރު މަޢުލޫމާތު ބީލަން ފޮތުގެ ސެކްޝަން VII ގައި ހިމެނިފައި ވާނެއެވެ.
3. މި ބީލަމުގެ މަރުޙަލާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިނަލްއަގުވާމީ ވާދަވެރި ޕްރޮކިއުމަންޓް ގެ އުސޫލުން "ވަރލްޑް ބޭންކްސް ޕްރޮކިއުމަންޓް ރެގިއުލޭޝަން ފޯރ އައި.ޕީ.އެފް. ބޮރޮވަރސް ޑޭޓަޑް ޖުލައި 2016، ރިވައިސްޑް ނޮވެމްބަރ 2017 އެންޑް އޮގަސްޓް 2018" ("ޕްރޮކިއުމަންޓް ރެގިއުލޭޝަން") ގެ ދަށުންނެވެ.
4. މި ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިކަން ހުރި ޝަރުތު ފުރިހަމަވާ ފަރާތްތަކުން -/1500ރުފިޔާ (ފަނަރަސަތޭކަރުފިޔާ)ނުވަތަ -/100 ޔޫ.އެސް.ޑީ. (އެއް ސަތޭކަ ޔޫ.އެސް.ޑޮލަރ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 15 މާރޗް 2022 އިން 30 މެއި 2022،ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 އިން 14:00 (ރަމަޟާން މަހު: 09:30 އިން 13:00) އަށް މި މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރިކޮށެވެ. އިލެކްޓްރޯނިކް ޒަރީއާއިން ރެޖިސްޓްރޭޝަން ފީ ދައްކަވަން ބޭނުންފުޅުވާނަމަ ޖަމާ ކުރައްވަންޖެހޭ ބޭންކް އެކައުންޓުގެ މަޢުލޫމާތު ތިރީގައިވާ އީމެއިލް އެޑްރެހަށް ރިކުއެސްޓް ކުރުމުން ޙިއްސާ ކުރެވޭނެއެވެ. އަދި ފައިސާ ދެއްކެވުމަށްފަހު އަންނަނިވި މަޢުލޫމާތު މި އިޢުލާނުގެ 9 ވަނަ މާއްދާގައިވާ އެޑްރެހަށް ހުށަހެޅުމުން ނުވަތަ އެ މާއްދާގައިވާ އީމެއިލް އެޑްރެހަށް އީމެއިލް ކުރެއްވުމުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ.
- ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް؛
- ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް؛ އަދި
- ފައިސާ ދެއްކި ރަސީދުގެ ކޮޕީ ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުއްވަންވާނެއެވެ.
5. މި ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިކަން ހުރި ޝަރުތު ފުރިހަމަވާ ފަރާތްތަކުން މި ދަޢުވަތުގެ 9 ވަނަ މާއްދާގައިވާ މިނިސްޓްރީ އޮފް ފައިނޭންސްގެ އެޑްރެހަށް ލިޔެގެން ނުވަތަ އެ މާއްދާގައިވާ އީމެއިލް އެޑްރެހަށް ލިޔުމުން އިތުރު މަޢުލޫމާތު ސާފުކުރެވޭނެއެވެ.
6. މި ބީލަމުގެ ބީލަން ފޮތް ސޮފްޓް ކޮޕީ ފޯރމެޓްގައި މި މިނސްޓްރީގެ ވެބްސައިޓް www.finance.gov.mv/tendersއިން 16 މާރިޗު 2022 ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި ބީލަމާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ވެބްސައިޓުން ލިބެން ހުރިކަން ޔަޤީންކުރުމާއި، އެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
7. ބީލަމާއި އެކީގައި ބިޑް ސެކިއުރިޓީ ހުށަހަޅަން ޖެހޭނެއެވެ. ވަކި ލޮޓް ތަކަށް ބިޑް ސެކިއުރިޓީއަށްވާ އަދަދު ތިރީގައި ވާނެއެވެ.
- ލޮޓް 1: 300،000.00 ޔޫ.އެސް.ޑީ. (ތިން ލައްކަ ޔޫ.އެސް ޑޮލަރު)
- ލޮޓް 2: 90،000.00 ޔޫ.އެސް.ޑީ. (ނުވަދިހަ ހާސް ޔޫ.އެސް ޑޮލަރު)
- ލޮޓް 3: 100،000.00 ޔޫ.އެސް.ޑީ. (އެއް ލައްކަ ޔޫ.އެސް ޑޮލަރު)
8. މި މަސައްކަތަށް ބީލަން ބަލައިގަންނަން ހަމަޖެހިފައިވަނީ 2022 ޖޫން 1 ވަނަ ދުވަހުގެ މެންދުރުފަހު 01:00ގެ ކުރިން މި ދަޢުވަތުގެ 9 ވަނަ މާއްދާގައިވާ އެޑްރެހަށް ހުށަހަޅައިގެންނެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ބީލަން ފޮތުގައި ބަޔާންކޮށްފައިވާ ގޮތަށް ސިޓީއުރަ ތައްޔާރުކޮށް ބަންދުކޮށްފައެވެ. ބީލަން ހުޅުވުން އޮންނާނީ، ބީލަން ހުށަހަޅާ ފަރާތްތަކުގެ ރެޕްރެޒެންޓޭޓިވްސްއާއި ބީލަން ހުޅުވާއިރު ތިއްބެވި އެހެނިހެން ފަރާތްތަކުގެ ހާޒިރުގައި، މި ދަޢުވަތުގެ 9 ވަނަ މާއްދާގައިވާ އެޑްރެހުގައި، 2022 ޖޫން 1 ވަނަ ދުވަހުގެ މެންދުރުފަހު 01:00 ގައެވެ.
9. އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ނެޝަނަލް ޓެންޑަރ،
މިނިސްޓްރީ އޮފް ފިނޭންސް،
އަމީނީމަގު، މާލެ، ބްލޮކް 379، ޕޯސްޓަލް ކޯޑް 20379
ދިވެހިރާއްޖެ،
ފޯން : (+960) 3349102, (+960) 3349106, (+960) 3349147
އީމެއިލް : [email protected]
ކޮޕީ : [email protected]
10. މި އިޢުލާނު ތިރީގައިވާ ވެބްސައިޓްތަކުގައި ޝާއިޢުކޮށްފައިވާނެއެވެ.
