ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ޑްރައިވަރ

މަޤާމް :ޑްރައިވަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު                             

މަޤާމް:

ޑްރައިވަރ

އަސާސީ މުސާރަ

-/5,400 ރުފިޔާ

އެލަވަންސްތައް:

-/3,000 ރުފިޔާ

މަޤާމުގެ ރޭންކް

ޓީޕީ 8

ބޭނުންވާ ޢަދަދު:

02

މަސައްކަތް ކުރަންޖެހޭތަން:

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

ކޯޕަރޭޓް ސަރވިސް

މަޤާމުގެ ބާވަތް:

ވަގުތީ (15 މާރިޗް 2022 އިން 10 މޭ 2022 އަށް)

މަޤާމުގެ ޝަރުތު:

  • ޖީ.ސީ.އޯ އޭ ލެވެލް އިމްތިޙާނުން 2 (ދޭއް) މާއްދާއިން ފާސްވެފައިވުމާއި މަޤާމާއި ގުޅޭ ދާއިރާއިން 1 (އެކެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ 4 (ހަތަރެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ކުންފުނީގެ ވެހިކަލްތައް ރައްކާތެރިކަމާއެކު ދިވެހިރާއްޖޭގެ ޤާނޫނުތަކާއި، ޤަވާޢިދުތަކާއި، ކުންފުނީގެ ސިޔާސަތުތަކާއި އެއްގޮތަށް ލޮޖިސްޓިކްސް އޮފިސަރުން އަންގާ ގޮތެއްގެމަތިން ދަތުރުތައް  ކުރަމުން ގެންދިއުން
  • ވެހިކަލްދުއްވާ ވަގުތާއި، ރަސްމީ ޑިއުޓީގެ ވަގުތުގައި  ކުންފުނީގެ ޔުނިފޯމު ނުވަތަ އޮފީހުގައި ބޭނުންކުރާ ރަސްމީ ފޭރާމެއްގައި ސާފުތާހިރުކަމާއިއެކު ހުރުން؛
  • ކުންފުނީގެ ވެހިކަލްތައް ދުވަހުންދުވަހަށް ސާފުކޮށް ވެހިކަލްގެ އެތެރޭގައި ނުބައިވަސް ނުދުވާނެހެން ބެލެހެއްޓުން؛
  • ޑިއުޓީއަށް އައުމަށްފަހު ވެހިކަލްއާއި ޙަވާލުވެ، ދުއްވަން ފެށުމުގެ ކުރިން ވެހިކަލް (ކަނޑައެޅިފައިވާ ޗެކްލިސްޓާ އެއްގޮތަށް) ޗެކްކުރުމަށްފަހު އެއްވެސް މައްސަލައެއް ފާހަގަކުރެވިއްޖެނަމަ، އެމައްސަލައެއް ޑިއުޓީގައި ހުރި ލޮޖިސްޓިކް އޮފިސަރުގެ ސަމާލުކަމަށް ގެނައުން؛
  • ވެހިކަލްތަކަށް ބޭނުންވާ ތަކެތި ހޯދުމަށް ސްޕަވައިޒަރާ ގުޅިގެން މަސައްކަތްކުރުން؛
  • ވެހިކަލްތައް ދުއްވުމަށް ބޭނުންވާ ތެޔޮ،ޑީސަލް،ޕެޓްރޯލް، އަދި ގިޔަރު ތެޔޮފަދަ ހުސްވުމުގެ ކުރިން އެކަން ޑިއުޓީއޮފިސަރުންގެ ސަމަލުކަމަށް ގެނައުމާއި، ތެޔޮ އެޅުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން؛
  • ވެހިކަލްތަކުގައި ދިމާވާ އެކިއެކި މައްސަލަތައް ޙަލްލުކޮށް ރަނގަޅުކުރުން؛
  • ދުއްވަން ފެށުމުގެ ކުރިން، އަޑީތެޔޮ ހަމަތޯ ނުވަތަ މަދުތޯ ބަލައި ޗެކްކުރުން؛
  • ވެހިކަލްތައް ކޮންމެ ދުވަހަކު ޗެކްކޮށް ދިމާވެފައިވާ މައްސަލަތައް ރިޕޯޓްކުރުން
  • ވެހިކަލް މަރާމާތްކުރުމަށް ބޭނުންވާ ތަކެތީގެ ތަފްސީލް ދިނުން
  • ވެހިކަލް މަރާމާތްކުރުމަށް އަމަލީ ގޮތުން މަސައްކަތްކުރުން
  • ވެހިކަލްތަކުގެ ބެޓަރި ޗެކްކޮށް ސާފުކުރުމާއި ބެޓަރީ ސްޓާޓްކުރަން އެނގުން
  • ގިއަރު އޮއިލް އަދި އަޑީ ތެލާއި، އިންޖީން ފިލްޓަރާއި ވެހިކަލް ތަކުގެ ޓަޔަރު ބަދަލުކުރުމާއި އަދި ރޮޓޭޓްކުރަން އެގުން.

އިތުރު އެލަވަންސްތައް:

  • އެޓެންޑެންސް އެލަވަންސް: ކުންފުނީގެ ސިޔާސަތުގައި އޮންނަ އުސޫލުގެ ތެރެއިން ދުވާލަކަށް 35 (ތިރީސް ފަސްރުފިޔާ)
  • ޓެކްނިކަލް ކޯ އެލަވަންސް: ކުންފުނީގެ ސިޔާސަތުގައި އޮންނަ އުސޫލުގެ ތެރެއިން ޝަރުތު ހަމަވާނަމަ އަސާސީ މުސާރައިގެ %20 އެލަވަންސް ދެވޭނެއެވެ.

ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • އެކްރެޑިޓް އަދި އެޓެސްޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެޓެސްޓްނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެއެވެ.)
  • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ.
  • ޕޮލިސް ރިޕޯރޓް. (3 މަސް ހަމަނުވާ)

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު  އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި:

މި މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 14 މާރޗް 2022 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000368، 3000364، 3000207 އާއި ގުޅުއްވުން އެދެމެވެ.

                          07 ޝައުބާން 1443

10 މާރިޗު 2022
ހޯދާ