މަޤާމް:
|
ޑްރައިވަރ
|
އަސާސީ މުސާރަ
|
-/5,400 ރުފިޔާ
|
އެލަވަންސްތައް:
|
-/3,000 ރުފިޔާ
|
މަޤާމުގެ ރޭންކް
|
ޓީޕީ 8
|
ބޭނުންވާ ޢަދަދު:
|
02
|
މަސައްކަތް ކުރަންޖެހޭތަން:
|
ޕަބްލިކް ސަރވިސް މީޑިއާ
|
ޑިޕާޓްމަންޓް
|
ކޯޕަރޭޓް ސަރވިސް
|
މަޤާމުގެ ބާވަތް:
|
ވަގުތީ (15 މާރިޗް 2022 އިން 10 މޭ 2022 އަށް)
|
މަޤާމުގެ ޝަރުތު:
|
- ޖީ.ސީ.އޯ އޭ ލެވެލް އިމްތިޙާނުން 2 (ދޭއް) މާއްދާއިން ފާސްވެފައިވުމާއި މަޤާމާއި ގުޅޭ ދާއިރާއިން 1 (އެކެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ 4 (ހަތަރެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- ކުންފުނީގެ ވެހިކަލްތައް ރައްކާތެރިކަމާއެކު ދިވެހިރާއްޖޭގެ ޤާނޫނުތަކާއި، ޤަވާޢިދުތަކާއި، ކުންފުނީގެ ސިޔާސަތުތަކާއި އެއްގޮތަށް ލޮޖިސްޓިކްސް އޮފިސަރުން އަންގާ ގޮތެއްގެމަތިން ދަތުރުތައް ކުރަމުން ގެންދިއުން
- ވެހިކަލްދުއްވާ ވަގުތާއި، ރަސްމީ ޑިއުޓީގެ ވަގުތުގައި ކުންފުނީގެ ޔުނިފޯމު ނުވަތަ އޮފީހުގައި ބޭނުންކުރާ ރަސްމީ ފޭރާމެއްގައި ސާފުތާހިރުކަމާއިއެކު ހުރުން؛
- ކުންފުނީގެ ވެހިކަލްތައް ދުވަހުންދުވަހަށް ސާފުކޮށް ވެހިކަލްގެ އެތެރޭގައި ނުބައިވަސް ނުދުވާނެހެން ބެލެހެއްޓުން؛
- ޑިއުޓީއަށް އައުމަށްފަހު ވެހިކަލްއާއި ޙަވާލުވެ، ދުއްވަން ފެށުމުގެ ކުރިން ވެހިކަލް (ކަނޑައެޅިފައިވާ ޗެކްލިސްޓާ އެއްގޮތަށް) ޗެކްކުރުމަށްފަހު އެއްވެސް މައްސަލައެއް ފާހަގަކުރެވިއްޖެނަމަ، އެމައްސަލައެއް ޑިއުޓީގައި ހުރި ލޮޖިސްޓިކް އޮފިސަރުގެ ސަމާލުކަމަށް ގެނައުން؛
- ވެހިކަލްތަކަށް ބޭނުންވާ ތަކެތި ހޯދުމަށް ސްޕަވައިޒަރާ ގުޅިގެން މަސައްކަތްކުރުން؛
- ވެހިކަލްތައް ދުއްވުމަށް ބޭނުންވާ ތެޔޮ،ޑީސަލް،ޕެޓްރޯލް، އަދި ގިޔަރު ތެޔޮފަދަ ހުސްވުމުގެ ކުރިން އެކަން ޑިއުޓީއޮފިސަރުންގެ ސަމަލުކަމަށް ގެނައުމާއި، ތެޔޮ އެޅުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން؛
- ވެހިކަލްތަކުގައި ދިމާވާ އެކިއެކި މައްސަލަތައް ޙަލްލުކޮށް ރަނގަޅުކުރުން؛
- ދުއްވަން ފެށުމުގެ ކުރިން، އަޑީތެޔޮ ހަމަތޯ ނުވަތަ މަދުތޯ ބަލައި ޗެކްކުރުން؛
- ވެހިކަލްތައް ކޮންމެ ދުވަހަކު ޗެކްކޮށް ދިމާވެފައިވާ މައްސަލަތައް ރިޕޯޓްކުރުން
- ވެހިކަލް މަރާމާތްކުރުމަށް ބޭނުންވާ ތަކެތީގެ ތަފްސީލް ދިނުން
- ވެހިކަލް މަރާމާތްކުރުމަށް އަމަލީ ގޮތުން މަސައްކަތްކުރުން
- ވެހިކަލްތަކުގެ ބެޓަރި ޗެކްކޮށް ސާފުކުރުމާއި ބެޓަރީ ސްޓާޓްކުރަން އެނގުން
- ގިއަރު އޮއިލް އަދި އަޑީ ތެލާއި، އިންޖީން ފިލްޓަރާއި ވެހިކަލް ތަކުގެ ޓަޔަރު ބަދަލުކުރުމާއި އަދި ރޮޓޭޓްކުރަން އެގުން.
|
އިތުރު އެލަވަންސްތައް:
|
- އެޓެންޑެންސް އެލަވަންސް: ކުންފުނީގެ ސިޔާސަތުގައި އޮންނަ އުސޫލުގެ ތެރެއިން ދުވާލަކަށް 35 (ތިރީސް ފަސްރުފިޔާ)
- ޓެކްނިކަލް ކޯ އެލަވަންސް: ކުންފުނީގެ ސިޔާސަތުގައި އޮންނަ އުސޫލުގެ ތެރެއިން ޝަރުތު ހަމަވާނަމަ އަސާސީ މުސާރައިގެ %20 އެލަވަންސް ދެވޭނެއެވެ.
|
ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- އެކްރެޑިޓް އަދި އެޓެސްޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެޓެސްޓްނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެއެވެ.)
- ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ.
- ޕޮލިސް ރިޕޯރޓް. (3 މަސް ހަމަނުވާ)
|
އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:
|
އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
ސުންގަޑި:
|
މި މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 14 މާރޗް 2022 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް 3000368، 3000364، 3000207 އާއި ގުޅުއްވުން އެދެމެވެ.
|