މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
1443 ވަނަ އަހަރުގެ ރަމަޟާން މަހާއި ގުޅިގެން މާހެފުމުގެ ހަރަކާތްތައް ބޭއްވުމަށް މަގު ބަންދުކުރުމާއި ގުޅޭ
ޒަމާނުއްސުރެ މާފެހުމުގެ ހަރަކާތަކީ ރަމަޟާން މަހާއި ގުޅުވައިގެން ބާއްވަމުންދާ ހަރަކާތެކެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހާއި ދިމާކޮށްވެސް މާހެފުމުގެ ހަރަކާތްތައް ބޭއްވުމަށްޓަކައި މާރިޗް މަހުގެ 25، 26، 29 އަދި 30 މިހަތަރު ދުވަހު މާލޭގެ ބޮޑެތި މަގުތައް ފިޔަވާ އެހެނިހެން މަގުތަކުގައި ބޭއްވުމަށް މިކައުންސިލުންވަނީ ނިންމާފައެވެ. އަދި މިހަރަކާތް ބޭއްވުމަށްއެދި ސިޓީ ހުށަހެޅުމުގެ ފުރުޞަތުވެސް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.
ވީމާ، މިކަން އަންގާ އިޢުލާން ކުރީމެވެ.
02 މާރިޗު 2022
ހޯދާ